ފީފާ ވޯލްޑް ކަޕް 2026 ކާމިޔާބުކުރުމަށްފަހު ސްޕެއިންގެ ގައުމީ ފުޓުބޯޅަ ޓީމުން ތަށި އުފުލާލި ވަގުތު ނަގާފައިވާ އުފާފާޅުކުރުމުގެ ފޮޓޯއެއް އެޑިޓުކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ފޮޓޯއިން އުނިކޮށްފިއެވެ. ސްޕެއިން ޓީމުގެ ރަސްމީ އެކައުންޓުން މި ފޮޓޯ އާންމުކޮށްފައިވާއިރު، އަސްލު ފޮޓޯގައި ޓްރަމްޕް ހުރި ނަމަވެސް އެޑިޓުކޮށްފައިވާ ފޮޓޯއިން އޭނާ ފެންނާކަށް ނެތެވެ.

އާޖެންޓީނާގެ މައްޗަށް 1-0 އިން ކުރިހޯދައި ސްޕެއިނުން މުބާރާތް ކާމިޔާބުކުރުމުން، ތަށި ހަވާލުކުރުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާއެކު ސްޓޭޖަށް އެރީ ޓްރަމްޕްއެވެ. ނަމަވެސް ތަށި ހަވާލުކުރުމަށްފަހު ސްޓޭޖުން ފޭބުމަށް އެންގުމުންވެސް އެކަމަށް ސަމާލުކަން ނުދީ، ސްޕެއިން ޓީމުން ތަށި އުފުލާލިއިރުވެސް ޓްރަމްޕް ހުރީ ސްޓޭޖުމަތީގައެވެ.

ޓްރަމްޕް އުނިކޮށްފައިވާ ފޮޓޯ ސްޕެއިން ޓީމުގެ ރަސްމީ އެކައުންޓުން އާންމުކުރުމާއެކު، ސޯޝަލް މީޑިއާގައި މިކަމާ ގުޅޭގޮތުން ބޮޑު ބަހުސެއް ވަނީ ފެށިފައެވެ. ގިނަ ބަޔަކު އަންނަނީ ސްޕެއިން ޓީމުގެ ރަސްމީ އުފާފާޅުކުރުމުގެ ފޮޓޯއިން ޓްރަމްޕް ގަސްތުގައި ފޮހެލާފައިވާ ކަމަށް ބުނެ އެކި ހިޔާލުތައް ފާޅުކުރަމުންނެވެ.