ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރުމަށް ފަށަން ތައްޔާރުވާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުމުގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ހުޅުވާލައިފިއެވެ.


ރައީސް އޮފީހުން ބުނީ ރާއްޖޭގެ އިންތިހާބީ 93 ދާއިރާގެ ތެރެއިން މި ފަހަރު ހުޅުވާލާފައި ވަނީ މާފަންނު ދެކުނު ދާއިރާ އާއި ރ. އުނގޫފާރު ދާއިރާ އަދި ހއ. ކެލާ ދާއިރާ އާއި ފުވައްމުލަކު ދެކުނު ދާއިރާއަށް ނިސްބަތްވާ މީހުންނަށް ނަން ނޯޓުކުރުމުގެ ފުރުސަތު ކަމަށެވެ.


އެ ދާއިރާތަކަށް ނިސްބަތްވާ މީހުންގެ ތެރެއިން "ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރައީސް އޮފީހުގެ ވެބްސައިޓުގައި އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ނަން ނޯޓުކުރެވޭނެއެވެ. 


މި ސިލްސިލާ ބައްދަލުވުންތަކުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.