ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރު ކޮންގޯ) އިން ފެނިގެން އުޅޭ އެބޯލާ ވައިރަހުގެ އެންމެ ފަހުގެ ރޯގާގައި 1،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުގެ ރަސްމީ މަޢުލޫމާތުތަކާއި އެފްރިކާ ސީޑީސީން ހާމަކޮށްފިއެވެ. މިއީ ފަހުގެ ތާރީޚެއްގައި އެ ގައުމުގައި އެބޯލާ ވައިރަސް މީހުންގެ މެދުގައި މިހާ ހަލުވިކަމާއެކު ފެތުރިގެން ދިޔަ ފުރަތަމަ ފަހަރެވެ.
ޞިއްޙީ މާހިރުން ބުނާ ގޮތުގައި މިފަހަރު ފެތުރެމުންދާ އީބޯލާ ރޯގާގައި މީހުން މަރުވާ ނިސްބަތް، ތާރީޚުގައި ކުރިން ރެކޯޑު ކުރެވިފައިވާ ވަރަށްވުރެ އަވަހެވެ. މިކަމުގެ ސަބަބުން ސަރަޙައްދީ އެކި ޞިއްޙީ އިދާރާތަކުންނާއި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކަމާބެހޭ މަސްއޫލުވެރިން ވަނީ މި ރޯގާ ކޮންޓްރޯލް ކުރުމަށް ވަގުތުން ވަގުތަށް ފިޔަވަޅުތައް ނުއަޅައިފިނަމަ، ޙާލަތު އިތުރަށް ގޯސްވެ، މުޅި ސަރަޙައްދަށް އޭގެ ނުރައްކާ ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދީފައެވެ. އެހެންކަމުން، ރޯގާ ކޮންޓްރޯލް ކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުމަށް ވަނީ ގޮވާލާފައެވެ.
