ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ތިބި ޑޮކްޓަރުންގެ ޓީމަކުން، ޖިއްދާގައި ހުރި ބަލިމީހެއްގެ ސަރޖަރީއެއް ދުރުގައި ތިބެގެން ރޮބޯޓިކް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ ސަޢޫދީ އަރަބިއްޔާގެ ތާރީޚުގައި އެއް ސިޓީގައި ތިބެގެން އަނެއް ސިޓީގައި ހުރި ބަލިމީހަކަށް މިފަދަ ރޮބޯޓިކް ސަރޖަރީއެއް ކުރެވުނު ފުރަތަމަ ފަހަރެވެ.
މި ސަރޖަރީ ކުރިއަށް ގެންގޮސްފައިވަނީ އެންމެ ފަހުގެ ކުރިއަރާފައިވާ ރޮބޯޓިކް ވަސީލަތްތަކާއި، ވަގުތުން ވަގުތަށް މަޢުލޫމާތު ބަދަލުކުރެވޭ މުވާޞަލާތީ ނެޓްވޯކެއްގެ އެހީގައެވެ. އަދި އޮޕަރޭޝަން ކުރިއަށް ދިޔަ ވަގުތު ޖިއްދާގައި ހުރި ހޮސްޕިޓަލުގެ ޞިއްޙީ ޓީމަކުން ބަލިމީހާގެ ކައިރީގައި އެހީތެރިކަން ފޯރުކޮށްދެމުން ދިޔައެވެ.
މި ކާމިޔާބީން ދައްކުވައިދެނީ ސަޢޫދީ އަރަބިއްޔާއިން ޞިއްޙީ ދާއިރާގެ އީޖާދުތަކަށް ދެމުންދާ އަހަންމިއްޔަތުކަމެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެކި ރަށްތަކާއި ސިޓީތަކުގެ މެދުގައި ފެންވަރުޜުލެ ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިންޤިލާބީ ބަދަލުތަކެއް އަންނަމުންދާކަން މިކަމުން ސާބިތުވެއެވެ.
