އިންޑިއާގައި ހިނގި ހިތާމަވެރި އަދި ހައިރާންކުރުވަނިވި ހާދިސާއެއްގައި، އަންހެނަކަށް ކުރައްޕެއް ދިރުވައިލެވުމާ ގުޅިގެން، އެ ކުރަފި އޭނާގެ ބަނޑުތެރޭގައި ދިރިހުރެދާނެކަމުގެ ބިރުން ސޫފާސޫފި މަރާ ބޭސް (ހިޓު) އަނގައަށް ބުރުވައި ދިރުވައިލުމުން އޭނާގެ ހާލު ގޯސްވެ ކުއްލި ފަރުވާދޭންޖެހިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ އެ އަންހެންމީހާ އޭނާގެ ގޭގައި އުޅެމުން ދިޔަ ވަގުތެއްގައެވެ. ބަނޑުތެރޭގައި އެ ކުރަފި ހަރަކާތްކޮށް ދިރިހުރެދާނެކަމަށް ހީކޮށް، އޭނާ ވަނީ ގޭގައި ބޭނުންކުރާ ހިޓު ސްޕްރޭ އަނގައަށް ޖަހައި ދިރުވައިލާފައެވެ. މީގެ ސަބަބުން އޭނާގެ ހާލު ވަގުތުން ގޯސްވެ، އިމާޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭންޖެހުނެވެ.
މި ހާދިސާއާ ގުޅިގެން ޑޮކްޓަރުން ވަނީ އާންމުންނަށް ސިއްހީ ނުރައްކަލުގެ އިންޒާރު ދީފައެވެ. ޑޮކްޓަރުން ފާހަގަކުރި ގޮތުގައި، ޕެސްޓިސައިޑް ނުވަތަ ސޫފާސޫފި މަރާ ކެމިކަލް ދިރުވައިލުމަކީ ފުރާނައަށް ސީދާ ނުރައްކާވާ ވަރުގެ ކަމެކެވެ. އަދި މިފަދަ ހާދިސާއެއް ދިމާވެއްޖެނަމަ، އަމިއްލައަށް ފަރުވާކުރަން ނޫޅެ، ވަގުތުން ސިއްހީ އެހީތެރިކަން ހޯދުމަށް އިރުޝާދު ދީފައިވެއެވެ.
ސޯސަލް މީޑިއާގައި ގިނަ ބަޔަކު ދަނީ މި އަންހެންމީހާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ. ނަމަވެސް އޭނާ އެކަން ކުރީ ގަތް ބިރުން ކަމަށް ވެދާނެ ކަމަށްވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.
