ނިމުނު ހަފްތާގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރުން 1،895 ޓީއީޔޫގެ ކޮންޓެއިނަރު ބޯޓުފަހަރަށް އަރުވާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ 19 ޖުލައި 2026 އިން 25 ޖުލައި 2026 ގެ ނިޔަލަށް ބަނދަރުން ދޫކޮށްފައިވާ މުދަލާއި، އައިސްގޮސްވި ބޯޓުފަހަރުގެ އިތުރުން ކޮންޓެއިނަރުތަކުގެ މަޢުލޫމާތު އެއްކޮށް އެމްޕީއެލްއިން އާންމުކުރި ހަފްތާގެ ތަފާސްހިސާބުތަކެވެ.
އެމްޕީއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މުއްދަތުގެ ތެރޭގައި 1،528 ޓީއީޔޫގެ ކޮންޓެއިނަރު ބާލާފައިވާއިރު، މުޅި ޖުމްލަ މި ހަފްތާގެ ތްރޫޕުޓްގެ ގޮތުގައި ރެކޯޑުކުރެވިފައިވަނީ 3،423 ޓީއީޔޫގެ ކޮންޓެއިނަރެވެ. އަދި މި ހަފްތާގެ ތެރޭގައި ކޮންޓެއިނަރު ބޯޓުފަހަރުން 41،929.04 ފްރެއިޓް ޓަނުގެ މުދާ އަދި ޖެނެރަލް ކާގޯ ބޯޓުފަހަރުން 2،241.77 ފްރެއިޓް ޓަނުގެ މުދާ ވަނީ ކްލިއަރކޮށްފައެވެ.
ކްލިއަރކުރެވުނު ކޮންސައިންމެންޓްތަކުގެ އަދަދަށް ބަލާއިރު، ކޮންޓެއިނަރު ބޯޓުފަހަރުގެ 1،450 ކޮންސައިންމެންޓް އަދި ޖެނެރަލް ކާގޯ ބޯޓުފަހަރުގެ 418 ކޮންސައިންމެންޓް ވަނީ ކްލިއަރކޮށްފައެވެ. އަދި ބަނދަރަށް އައިސްގޮސްވި ބޯޓުފަހަރަށް ބަލާއިރު، 2 ކޮންޓެއިނަރު ބޯޓު އައިސް 3 ބޯޓު ފުރާފައިވާއިރު، ޖެނެރަލް ކާގޯ އުފުލާ 4 ބޯޓު އައިސް 3 ބޯޓު ވަނީ ފުރާފައެވެ.
