އިންޑިއާގެ ކެރެލާގެ ކަންނޫރުގައި ހުންނަ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ "ބޭބީ މެމޯރިއަލް ހޮސްޕިޓަލް" ގައި އެއް އަހަރާއި ބައިގެ ކުޑަކުއްޖަކު މަރުވި މައްސަލައެއްގައި އޭސީޑީ ޑޮކްޓަރެއްގެ މައްޗަށް ފަރުވާކުޑަކުރުމުގެ ތުހުމަތުކޮށް މައްސަލަ ރަޖިސްޓްރީކޮށްފިއެވެ. މިއީ އެ ކުއްޖާގެ ތުންފަތް ފެޅިގެން ފަހަންވެގެން އެނެސްތީސިއާ (ހޭނައްތާ ބޭސް) ދިނުމާ ގުޅިގެން ހިނގި ހާދިސާއެކެވެ.

ޕައްޔަންނޫރު ޕޮލިހުން މަޢުލޫމާތު ދޭ ގޮތުގައި މި މައްސަލަ ރަޖިސްޓްރީކޮށްފައިވަނީ އެ ހޮސްޕިޓަލުގެ އެނެސްތެޓިސްޓް ޑޮކްޓަރު އަންޖަލީ އޮޑުވާލްގެ މައްޗަށެވެ. މައްސަލަ ހުށަހަޅާފައިވަނީ މަރުވި ކުއްޖާގެ އާއިލާގެ ފަރާތުންނެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަޙައްދުގެ އާންމުންގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

މި ހާދިސާއާ ގުޅިގެން ކުއްޖާގެ އާއިލާއާއި އާންމުން ވަނީ ހޮސްޕިޓަލް ކުރިމަތީގައި އިހުތިޖާޖުކޮށް، ފަރުވާކުޑަކުރި ޑޮކްޓަރަށް ޙައްޤު އަދަބު ދިނުމަށް ގޮވާލާފައެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.