ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަން ގެންގުޅުނު އަމިއްލަ ޒޫގައި ގިނަ އަދަދެއްގެ ޖަނަވާރުތައް ބެލެހެއްޓިއެވެ.
މީގެ ތެރޭގައި އެތާއި، މިނިކާވަގާއި، ޖިރާފް އަދި ރާމާމަކުނު ފަދަ ތަފާތު ބާވަތްތަކުގެ ޖަނަވާރުތައް ހިމެނެއެވެ. ނަމަވެސް، ފަހުން މި ޖަނަވާރުތައް ވަނީ އެކި ސަރަހައްދުތަކުގައި ހުންނަ ހާއްސަ މަރުކަޒުތަކަށް ބަދަލުކޮށްފައެވެ.
މައިކަލް ޖެކްސަން ގެންގުޅުނު ޖަނަވާރުތަކުގެ ތެރެއިން އެންމެ މަގުބޫލު އެކުވެރިޔަކީ "ބަބްލްސް" ނަމަކަށް ކިޔާ ޗިމްޕޭންޒީއެކެވެ. މިއީ އޭނާގެ ޝޯތައް އިޝްތިހާރު ކުރުމަށް ޖަޕާނަށް ކުރި ދަތުރުގައިވެސް ބައިވެރިވި ރާމާމަކުނެކެވެ. މި ޗިމްޕޭންޒީ 2005 ވަނަ އަހަރުން ފެށިގެން ދިރިއުޅެމުންދަނީ ފްލޮރިޑާގެ ސެންޓަ ފޯ ގްރޭޓް އެއިޕްސްގައެވެ. އަދި އޭގެ ބެލެހެއްޓުމުގެ ހުރިހާ ހަރަދެއް ކުރަނީ މައިކަލް ޖެކްސަންގެ އެސްޓޭޓުންނެވެ.
މި ޒޫގައި ގެންގުޅުނު އެހެން ޖަނަވާރުތަކަށް ބަލާއިރު، "އަލީ" ނަމަކަށް ކިޔާ އެތް 1997 ވަނަ އަހަރު ވަނީ ޖެކްސަންވިލް ޒޫއަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން، "ތްރިލާ" އަދި "ސާބޫ" ނަމަކަށް ކިޔާ ބެންގޯލް މިނިކާވަގު ދެބެއިން 2006 ވަނަ އަހަރު ވަނީ ކެލިފޯނިއާގެ ޝަންބާލާ ޕްރިޒާވްއަށް ބަދަލުކޮށްފައެވެ.
