ނޭޕާލުގެ އަޗާމް ސަރަހައްދުގެ މެލެކް ރޫރަލް މުނިސިޕަލިޓީ-5 ގެ އާންމުން ދިރިއުޅޭ ސަރަހައްދަކުން ވަރަށް ބޮޑަށް ބަލިވެފައިވާ މިނިކާވަގެއް (ލެޕާޑް) ފެނިގެން އާންމުންގެ މެދުގައި ބިރުވެރިކަން އުފެދިއްޖެއެވެ. މި ޖަނަވާރު ފެނިފައިވަނީ ވަރަށް ބަލިކަށިކޮށް، ފިޓުޖެހޭ ފަދަ އަލާމާތްތަކެއް ދައްކަމުންދަނިކޮށެވެ.

އާންމު ރައްޔިތުން ވަނީ އެ މިނިކާވަގާ ރައްކާތެރި ދުރުމިނެއްގައި ތިބެ، ކަމާބެހޭ ކްލަބްތަކަށާއި ކަމާބެހޭ އިދާރާތަކަށް އެކަން އަންގާފައެވެ. މިނިކާވަގުގެ ހާލަތު ގޯސްވާން މެދުވެރިވި ސީދާ ސަބަބު އަދި ކަށަވަރުވެފައި ނުވިނަމަވެސް، އެއީ ނާރުގެ ބައްޔެއް ނުވަތަ ނުރައްކާތެރި އިންފެކްޝަނެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް ވާނީ ލަފާކުރެވިފައެވެ.

ކަމާބެހޭ ކްލަބްތަކާއި ޖަނަވާރުތަކާ ބެހޭ މާހިރުން ދަނީ މިނިކާވަގުގެ ހާލަތު މޮނިޓަރުކޮށް، އާންމުންނަށް ނުރައްކަލެއް ނުވާނެ ގޮތަށް އެ ޖަނަވާރަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ޖަނަވާރުތަކުގެ ކިބައިން ފެންނަ މިފަދަ ބަލިތަކަކީ އިންސާނުންގެ ސިއްހަތަށްވެސް އޭގެ ނުރައްކާތެރިކަން އިންތިހާއަށް އޮތް ބަލިތަކެއް. ނަމަވެސް މިޖަނަވާރަކީ ވަލުޖަނަވާރެއްކަމުން އާއްމުން މި ބައްޔަށް ހުށަހެޅޭ މިންވަރު ކުޑަވާނެއެވެ. އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ދަނީ މިފަދަ ބައްޔެއް އެ ސަރަހައްދުގެ އޮޅު ޖަނަވާރުތަކުގެ ކިބައިންވެސް ފެނޭތޯ ބަލަމުންނެވެ.