ސްޕެއިންގެ ޒުވާން ފުޓްބޯޅަ ތަރި ލަމީން ޔަމާލް އާއި އޭނާގެ ލޯބިވެރިޔާ އިނޭސް ގާސިއާ ކައިވެނިކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ ދޮގެއްކަން ވަނީ ހާމަވެފައެވެ.
މި ދެމީހުން ކައިވެނީގެ ހެދުމުގައި ތިއްބާ ފެންނަ ފޮޓޯތަކަކީ އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ ފޭކު ފޮޓޯތަކެކެވެ. ވޯލްޑް ކަޕްގެ ތަށި ސްޕެއިންއިން ކާމިޔާބު ކުރި ފަހުން، މި ފޮޓޯތައް އިންސްޓަގްރާމް، ޓިކްޓޮކް އަދި ވަޓްސްއަޕް ފަދަ ވަސީލަތްތަކުގައި ވަނީ ވަރަށް ބާރަށް ދައުރުވެފައެވެ.
އުމުރުން 19 އަހަރުގެ ޔަމާލް އާއި އިންސްޓަގްރާމް އިންފްލުއެންސަރެއް ކަމަށްވާ އިނޭސް ގާސިއާ ސަންތޯސްގެ ގުޅުން ރަސްމީކޮށް ހާމަކޮށްފައިވަނީ މިއަހަރުގެ މޭ މަހުގެ ތެރޭގައެވެ. ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ސްޕެއިން މޮޅުވުމުން، ދަނޑުމަތީގައި ޔަމާލްއާ އެކު އުފާފާޅުކުރުމުގައި އިނޭސް ވަނީ ބައިވެރިވެފައެވެ.
ސޯޝަލް މީޑިއާގައި މި ދެމީހުން ކައިވެނި ކުރި ކަމަށް ބުނާ އަޑުތައް ގަދަވެފައިވީ ނަމަވެސް، މިއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއްކަން ވަނީ ކަށަވަރުވެފައެވެ. އަދި މިކަމާ ގުޅޭ އެއްވެސް ސައްހަ މައުލޫމާތެއް ނުވަތަ ރިޕޯޓެއް ފެންނާކަށް ނެތެވެ.
