އިންޑިއާގައި ކޮވިޑް-19 ގެ ދެވަނަ ރާޅާއެކު ސިނަމާތައް ދެވަނަ ފަހަރަށްފަހު ހުޅުވާއިރު އަޅުވާ ފުރަތަމަ ބޮޑު ފިލްމަކީ އަކްޝޭ ކުމާރްގެ "ބެލް ބޮޓޮމް" ކަން ކަށަވަރު ވެއްޖެއެވެ.

1980ގެ އަހަރުތަކުގެ ތެރޭގައި ހިނގާފައިވާ ޙަޤީޤީ ހާދިސާތަކެއްގެ މައްޗަށް އުފައްދާފައިވާ މި ސްޕައި ތުރިލާއަކީ ކުރިން މިދިޔަ އޭޕްރިލް މަހު ރިލީޒްކުރަން ނިންމި ފިލްމެކެވެ. ނަމަވެސް ކޮވިޑްގެ ދެވަނަ ރާޅާއެކު ރިލީޒްކުރުން ޖުލައި 27 އަށް ފަސްކުރުމަށްފަހު މިހާރު ވަނީ މިހިނގާ އޮގަސްޓް 19 ގައި ރިލީޒްކުރަން ނިންމާފައެވެ.

ލަންޑަންގައި ޝޫޓްކުރި މި ސްޕައި ތުރިލާގައި އަކްޝޭގެ އިތުރުން މައިގަނޑު ރޯލުތަކުން ފެންނާނެ ތަރިންގެ ތެރޭގައި ވާނީ ކަޕޫރް، ހުމާ ޤުރޭޝީ އަދި ލާރާ ދައްތާ ހިމެނެއެވެ.

އަސީމް އަރޯރާއާއި ޕަރްވޭޒް ޝައިޚާންދު ސްކްރީންޕްލޭ ލިޔެފައިވާ މި ފިލްމު ޑައިރެކްޓްކުރީ ރަންޖީތު ތިވާރީއެވެ. ޕްރޮޑިއުސްކުރީ ޕޫޖާ އެންޓަޓެއިންމެންޓާއި އިންމޭ އެންޓަޓެއިންމެންޓުންނެވެ.