އެއް ހަފުތާގެ ތެރޭގައި 41,700 އަށްވުރެ ގިނަ ޕެކޭޖުގެ އަވަހަށް ހަލާކުވާ މުދާ މާލޭ ވިޔަފާރި ބަނދަރަށް އެތެރެކޮށް ކްލިއާކޮށްފައިވާ ކަމަށް އެމްޕީއެލްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޖުލައި 26 އިން އޮގަސްޓު 1 ވަނަ ދުވަހުގެ ނިޔަލަށް އެމްޕީއެލްއިން ވަނީ ޖުމްލަ 41,707 ޕެކޭޖުގެ މުދާ ބަނދަރުން ދޫކޮށްފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ކްލިއާކުރި މުދަލުގެ ތެރެއިން އެންމެ ގިނައީ ކުކުޅުބިހާއި ކަރައެވެ. އެގޮތުން 11,552 ޕެކޭޖުގެ ކުކުޅުބިހާއި 6,530 ޕެކޭޖުގެ ކަރާ ވަނީ ކްލިއާކޮށްފައެވެ. މީގެއިތުރުން 4,469 ޕެކޭޖުގެ އާލޫ، 3,887 ޕެކޭޖުގެ ތަކާލި، 3,798 ޕެކޭޖުގެ ފިޔާ، 2,156 ޕެކޭޖުގެ ކެބެޖު އަދި 2,062 ޕެކޭޖުގެ އަނާސި ވަނީ ބަނދަރުން ދޫކޮށްފައެވެ.

ނިމުނު ހަފުތާގައި މާލޭ ބަނދަރަށް ކޮންޓޭނަރު އުފުލާ 3 ބޯޓާއި އާންމު މުދާ އުފުލާ 4 ބޯޓާއެކު ޖުމްލަ 7 ބޯޓު އައިސްފައިވެއެވެ. އެމްޕީއެލްއިން ބުނި ގޮތުގައި މި މުއްދަތުގައި 2,727 ޓީއީޔޫގެ ކޮންޓޭނަރު ހަރަކާތްތެރިވެފައިވާއިރު، 1,314 ކޮންސައިންމެންޓުން 33,800 އަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ވަނީ ކްލިއާކޮށްފައެވެ.