ކޮންމެ ބެލެނިވެރިޔަކުވެސް އެންމެ ބޮޑަށް ބޭނުންވާނީ އެ މީހެއްގެ ދަރިފުޅަށް އެންމެ ފުރިހަމަ ތަޢުލީމު ފޯރުކޮށްދޭށެވެ. ނަމަވެސް ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަމުން އަންނަ މި ޒަމާނުގައި، އާމްދަނީން ހަރަދުތައް ހަމަޖައްސާ ދަރިންގެ ތަޢުލީމަށް ފައިސާ ރައްކާކުރުމަކީ ގިނަ ބަޔަކަށް ވަރަށް އުނދަގޫ ކަމެކެވެ. މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެލައިޑް ތަކާފުލްއިން ވަނީ "ސެކަންޑަރީ ސްކޫލް އެކްސްޕެންސަސް" ގެ ނަމުގައި ޚާއްޞަ ޕްލޭނެއް ތަޢާރަފުކޮށްފައެވެ.

މި ޕްލޭނަކީ ކުއްޖާ ސްކޫލަށް ދާން ފަށާ އުމުރުގައި ކުރަންޖެހޭ ހަރަދުތަކަށް ދުރާލާ ތައްޔާރުވުމަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. ކުދިން ސެކަންޑަރީ ސްކޫލަށް ވަންނަ ހިސާބުން ފެށިގެން ޓިއުޝަން ފީއާއި، ފޮތްތަކާއި، އިތުރު ހަރަކާތްތަކަށް ކުރަންޖެހޭ ހޭދަ އެތައް ގުނައަކަށް ބޮޑުވެގެން ދެއެވެ. އެހެންކަމުން، މި ޕްލޭންގެ ސަބަބުން ބެލެނިވެރިންނަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މި ޕްލޭންގެ ދަށުން ބެލެނިވެރިން ފައިސާ ދައްކަން ޖެހޭނީ ކުއްޖާގެ އުމުރުން 13 އަހަރު ވަންދެނެވެ. ކޮންމެ މަހަކުވެސް ދައްކަންޖެހޭ އަދަދު ކަނޑައަޅާނީ ބެލެނިވެރިޔާގެ މާލީ ތަނަވަސްކަން ހުރި މިންވަރަކުން، ބެލެނިވެރިޔާ އަމިއްލައަށެވެ. މި ޕްލޭންގެ ދަށުން ކަށަވަރުކޮށްދޭ އެންމެ ދަށް އަދަދު (މިނިމަމް ސަމް ކަވަރޑް) އަކީ 100،000 ރުފިޔާއެވެ.

ޕްލޭންގެ ފައިދާތައް ލިބެން ފަށާނީ ކުއްޖާގެ އުމުރުން 13 އަހަރު ފުރުމުންނެވެ. އެގޮތުން 13 އަހަރުން ފެށިގެން 17 އަހަރާ ހަމައަށް ކޮންމެ އަހަރަކު، ކަށަވަރުކޮށްފައިވާ ޖުމްލަ އަދަދުގެ 15 ޕަސަންޓު ބެލެނިވެރިޔާއަށް ލިބޭނެއެވެ. މިއީ ސްކޫލުގެ އެކި ހަރަދުތައް ހަމަޖެއްސުމަށް ކޮންމެ އަހަރަކު ލިބިގެންދާނެ ވަރަށް ބޮޑު އެހީތެރިކަމެކެވެ.

ކުއްޖާގެ އުމުރުން 18 އަހަރު ފުރި، ޕްލޭންގެ މުއްދަތު ހަމަވުމުން، ކަށަވަރުކޮށްފައިވާ ޖުމްލަ އަދަދުގެ ބާކީ އިން 25 ޕަސަންޓު ލިބޭނެއެވެ. މީގެ އިތުރުން އެ މުއްދަތުގެ ތެރޭގައި ޖަމާވެފައިވާ ފައިދާ ފައިސާވެސް އެ ވަގުތު ލިބިގެންދާނެއެވެ. ބޭނުންނަމަ، އަހަރުން އަހަރަށް ފައިސާ ނެގުމުގެ ބަދަލުގައި، މުއްދަތު ހަމަވުމުން އެއްފަހަރާ ހުރިހާ ފައިސާއެއް ނެގުމުގެ އިޚްތިޔާރުވެސް ބެލެނިވެރިންނަށް ލިބިގެންވެއެވެ.

މިސާލަކަށް، އުމުރުން 30 އަހަރުގެ ބެލެނިވެރިއަކު އަލަށް އުފަންވާ ދަރިފުޅަށް 100،000 ރުފިޔާގެ ޕްލޭނެއް ނަގައިފިނަމަ، މަހަކު ދައްކަން ޖެހޭނީ އެންމެ 836 ރުފިޔާއެވެ. ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވުމުން، ދަރިފުޅުގެ އުމުރުން 13 އަހަރުން ފެށިގެން 17 އަހަރާ ހަމައަށް ކޮންމެ އަހަރަކު 15،000 ރުފިޔާ ލިބޭނެއެވެ. އަދި 18 އަހަރު ފުރުމުން ބާކީ އިން 25،000 ރުފިޔާއާއި ފައިދާގެ ގޮތުގައި ލިބުނު ފައިސާ ލިބޭނެއެވެ.

ދިރިއުޅުމަކީ އެއްވެސް މީހަކަށް ޔަގީންކަން އޮތް ކަމަކަށް ނުވާއިރު، މި ޕްލޭނަކީ ބެލެނިވެރިޔާއަށް ދިމާވާ ހިތާމަވެރި ހާދިސާއެއްގައިވެސް ދަރިފުޅަށް ރައްކާތެރިކަން ހޯދައިދޭ ޕްލޭނެކެވެ. ކުއްޖާގެ އުމުރުން 13 އަހަރު ވުމުގެ ކުރިން ބެލެނިވެރިޔާ ނިޔާވެއްޖެނަމަ، ދެން އިތުރަށް ފައިސާ ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް ޕްލޭންގެ ދަށުން ކުއްޖާއަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް އެއްވެސް އުނިކަމެއް ނެތި ކަށަވަރުވެގެންދާނެއެވެ.

އެލައިޑް އިން މި ޕްލޭންގައި ބައިވެރިވާ ފަރާތްތަކަށް ޚާއްޞަ ޑިސްކައުންޓުތަކެއްވެސް ދެއެވެ. އަހަރީކޮށް ފައިސާ ދައްކާނަމަ 2 ޕަސަންޓު، އަދި ހަ މަހުން ފައިސާ ދައްކާނަމަ 1 ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ. މީގެ އިތުރުން 150،000 ރުފިޔާއަށް ވުރެ މަތީގެ ޕްލޭންތަކަށް އިތުރު ޑިސްކައުންޓުތައްވެސް ހަމަޖެހިފައިވެއެވެ.

ދަރިފުޅުގެ މުސްތަޤުބަލު އުޖާލާކޮށް، ތަޢުލީމީ ގޮތުން ކާމިޔާބު ކުއްޖަކަށް ހެދުމަށް ޓަކައި އެލައިޑްގެ މި ޕްލޭނަކީ ޚިޔާރުކުރަން އެންމެ ރަނގަޅު އެއް ޕްލޭނެވެ.