ސައޫދީ އަރަބިއްޔާގެ އެންމެ އުމުރުން ދުވަސްވީ މީހާ ކަމަށްވާ ނާސިރު ބިން ރަދާން އަލްރަޝީދު އަލްވަދާއީ، އުމުރުން 142 އަހަރުގައި ނިޔާވެއްޖެއެވެ. ސައޫދީގެ ހަބަރުފަތުރާ ވަސީލަތްތަކުން ބުނި ގޮތުގައި އޭނާ ނިޔާވީ އުމުރުން ދުވަސްވުމުގެ ސަބަބުންނެވެ.

ނާސިރުގެ ކަށުނަމާދު އޮތީ ދަހްރާން އަލްޖަނޫބުގައެވެ. އެއަށްފަހު އޭނާ ފަސްދާނުލާފައިވަނީ އޭނާގެ އުފަން ރަށް ކަމަށްވާ އަލްރަޝީދުގައެވެ. އޭނާގެ ޖަނާޒާގައި 7،000 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ހަބަރުތައް ބުނެއެވެ.

ސައޫދީ އަރަބިއްޔާ އެއްދައުލަތެއްގެ ގޮތުގައި އުފެދުމުގެ ކުރިން އުފަންވި ނާސިރު ވަނީ، ކިންގް އަބްދުލްއަޒީޒުން ފެށިގެން މިހާރުގެ ރަސްގެފާނު ކިންގް ސަލްމާނުގެ ވެރިކަމާ ހަމައަށް ސައޫދީގެ ހުރިހާ ވެރިންގެ ރަސްކަން ދެކެފައެވެ. އޭނާ ނިޔާވިިއިރު ދުނިޔޭގައި 134 ދަރިންނާއި ކާފަދަރިން އެބަތިއްބެވެ.