އޮގަސްޓް 1 ގައި ޝޫޓިންގ ފެށި ފިލްމު "ފްރެޑީ"ގެ ލީޑް ރޯލު ކުޅޭނީ އަލާޔާ ފަރނީޗާވާލާ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.
ފިލްމުގެ ޓީމުން ލީޑް ރޯލު ކުޅޭ އެކްޓްރެސްގެ ނަން ހާމަނުކުރި ނަމަވެސް އީޓައިމްސް އިން ވަނީ ލީޑް ކުޅެނީ އަލާޔާ ކަމަށާއި އޭނާ ވަރަށް އަވަހަށް ޝޫޓިންގއާއި ގުޅޭނެކަމަށް ބުނެފައެވެ.
އަލާޔާގެ އިތުރުންވެސް ބައެއް އެހެން ތަރިންގެ ނަންވެސް ފިލްމާއި ގުޅުވައިގެން އިވުނު ނަމަވެސް އެ ރޭހުގެ އެންމެ ކުރީގައި އުޅެނީ އަލާޔާ ކަމަށްވެސް އީޓައިމްސްގައި ރިޕޯޓުކޮށްފައިވެއެވެ. ސަބަބަކީ ވާހަކަ ދެކެވުނު ހުރިހާ ތަރިންގެ ތެރެއިންވެސް ޕްރޮޑިއުސަރ އެކްތާ ކަޕޫރާއި ޑައިރެކްޓަރ ޝަޝަންކާއަށް އެ ރޯލަށް އެންމެ ފިޓް ކަމަށް އެއްބަސްވެވުނު ތަރިއަކީ އަލާޔާއަށް ވެފައި އޭނާ އާނބަސް ވެސް ބުނެފައިވާތީއެވެ.
މިއީ އެކްތާ ކަޕޫރާއި ޑައިރެކްޓަރ ޝަޝަންކާ ގޯޝް އެކުގައި މަސައްކަތް ކުރާ 2 ވަނަ ފިލްމެވެ. ކުރިން ގެނެސްދިނީ ކަރީނާ ކަޕޫރާއި ސޯނަމް ކަޕޫރް އަދި ސްވާރާ ބާސްކަރް ހިމަނައިގެން 2018 ގައި ރިލީޒްކުރި ހިޓް ފިލްމު "ވީރޭ ދި ވެޑިންގ" އެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން