ތަހެރް ޝާހް އަކީ ޕާކިސްތާނަށް އުފަން ލަވަކިއުންތެރިއެކެވެ. ލަވަކިއުމުގެ އިތުރުން އޭނާއަކީ މިއުޒިކް ޕްރޮޑިއުސަރެކެވެ. އޭނާގެ ހުރިހާ ލަވައެއްގެ ޅެމަކީވެސް އޭނާގެ އުފެއްދުމެވެ. އޭނާއަށް ޑޯން ނިއުސް ޕޭޕަރއިން ވަނީ ޕާކިސްތާނުގެ އެންމެ މައްޝޫރު އިންޓަރނެޓް ސެލެބްރިޓީގެ ނަންދީފައެވެ. ލިބެމުންދިޔަ މަރުގެ އިންޒާރުތަކާއެކު ލަވަކިއުމާ ދުރަށް ޖެހިލިނަމަވެސް ތަހެރް ވަނީ އެނބުރި ލަވައިގެ ދުނިޔެއަށް އައިސްފައެވެ.

ޝާހް މަޝްހޫރުވީ އޭނާ 2013 ވަނަ އަހަރު ރިލީޒްކުރި "އައިޓޫއައި" މިލަވައިނެވެ. އޭނާ އިންޓަރވިއުއެއްގައި ހާމަކޮށްފައިވާގޮތުގައި އެލަވައިގެ ޅެން ތައްޔާރުކޮށް ލަވަ ރިލީޒްކުރަން ދޮޅުއަހަރު ނެގިއެވެ. އެލަވަ ވެގެން ދިޔައީ ބޮޑު ކާމިޔާބީއެއް ހޯދި ލަވައަކަށެވެ. "ދި އެޓްލާންޓިކު" އިން ހާމަކޯށްފައިވާގޮތުގައި އެލަވައިގެ ސަބަބުން ޝާހްވަނީ އެއްދުވަހުން މަޝްހޫރު ޕޮޕް ސްޓާރއަކަށް ވެފައެވެ.

2016 ވަނައަހރު ޝާހް ރިލީޒްކުރި " މޭންކައިންޑްސް އޭންޖަލް" މިލަވައިންވެސް އޭނާވަނީ ބޮޑު ކާމިޔާބެއް ހޯދާފައެވެ. ބީބީސީ އިން އޭނާ ސިފަކޮށްފައިވަނީ "ސޯޝަލް މީޑިއާ ފްރެންޒީ" އެއްގެގޮތުގައެވެ.

ތަހެރް ޝާހް އަށް 2016 ވަނައަހރު ލިބެމުންއައި މަރުގެ އިންޒާރުތަކާއި ގުޅިގެން އޭނާވަނީ އާއިލާއާއިއެކު އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އަދި ލަވައިގެ ދުނިޔެއާ ދުރަށް ޖެހިލުމަށްފަހު އެނބުރިއައީ 2020 ވަނައަހަރު އުފެއްދި "ފަރިޝްތާ" ނަމަކަށް ކިއާ އެނިމޭޓަޑް ލަވައަކާއިއެކުއެވެ.