ފިޝަރީޒް މިނިސްޓްރީ އާއި އެންވަޔަރަމެންޓް މިނިސްޓްރީ ގުޅިގެން، ރާއްޖެއިން ހުއިފިލަނޑާ އެކްސްޕޯޓުކުރާ ވިޔަފާރިވެރިންނާ ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމަކީ ސައިޓީސްގައި ހިމެނޭ އެމްބާފިޝް ހުއިފިލަނޑާ ބޭރުކުރުމުގެ ގަވާއިދުތަކަށް ވިޔަފާރިވެރިން އަހުލުވެރިކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
އެމްބާފިޝް ހުއިފިލަނޑާއަކީ އިންޓަނޭޝަނަލް ވިޔަފާރީގެ ދަށުން ކޮންޓްރޯލްކޮށްފައިވާ ބާވަތަކަށް ވުމުން، އެ ބާވަތް އެކްސްޕޯޓު ކުރެވޭނީ ހާއްސަ ހުއްދަތަކެއް ނަގައިގެންނެވެ. މި ބައްދަލުވުމުގައި ވަނީ ސައިޓީސްގެ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި، މި ބާވަތް ބޭރުކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
މިނިސްޓްރީތަކުން ވަނީ އެމްބާފިޝް ހުއިފިލަނޑާ އެކްސްޕޯޓުކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމުގެ އުސޫލުތައް ވިޔަފާރިވެރިންނަށް ސާފުކޮށްދީފައެވެ. އަދި މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އެކްސްޕޯޓުކުރާ ފަރާތްތަކަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭ މައުލޫމާތު ވެސް ވަނީ ހިއްސާކޮށްފައެވެ.
