އިސްތަށިގަނޑު ސާފުކޮށް އަދި ރީތިކޮށް ބެލެހެއްޓުމަށްޓަކައި ގިނަ ބަޔަކު ތަފާތު އުސޫލުތައް ބޭނުންކުރަމުން އަންނައިރު، 'ހެއާ ބޮޓޮކްސް' އަކީ އިސްތަށިގަނޑަށް ގެއްލުން ނުލިބި، އިސްތަށިގަނޑު ރީތިކުރުމަށް ބޭނުންކުރެވިދާނެ އެންމެ ރަނގަޅު އެއް ފަރުވާއެވެ.

މި ފަރުވާއަކީ އިސްތަށިގަނޑުގެ ތަބީއީ ސިފައަށް ބަދަލު ނުގެނެސް، އިސްތަށިގަނޑު މަޑުކޮށް އަދި ބެލެހެއްޓެނިވި ގޮތެއްގައި ބެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ.

ހެއާ ބޮޓޮކްސް ފަރުވާއަކީ އިސްތަށިގަނޑު ހަލާކުކޮށްލާ ކެމިކަލްތައް ބޭނުންނުކޮށް، އިސްތަށިގަނޑަށް ބޭނުންވާ ފުން ކޮންޑީޝަނިން ފޯރުކޮށްދޭ ފަރުވާއެކެވެ. ހާއްސަކޮށް ބޯކޮށް އަދި ކާލީކޮށް ހުންނަ އިސްތަށިގަނޑުތައް ހިއްކުމަށާއި، އިސްތަށިގަނޑު ރީތިކުރުމަށް ހޭދަވާ ވަގުތު ކުޑަކޮށްދިނުމުގައި މި ފަރުވާގެ ދައުރު ބޮޑެވެ. މީގެ އިތުރުން، އިސްތަށިގަނޑުގެ ބޯމިނަށް ބަދަލެއް ނައިސް އިސްތަށިގަނޑު ފަސޭހައިން އަތުރާލެވޭ ގޮތް ހަދައިދެއެވެ.

ބޯކޮށް ހުންނަ އިސްތަށިގަނޑަށް ކެމިކަލް ރިލެކްސާ ނުވަތަ ކެރަޓިން ފަރުވާ ބޭނުންކުރުމުގެ ބަދަލުގައި ހެއާ ބޮޓޮކްސް ބޭނުންކުރުމުން އިސްތަށިގަނޑަށް ލިބޭ ގެއްލުން ކުޑަވެއެވެ. މިއީ އިސްތަށިގަނޑުގެ ދުޅަހެޔޮކަން ދަމަހައްޓައި، އާންމު ދިރިއުޅުމުގައި އިސްތަށިގަނޑު ބެލެހެއްޓުން ފަސޭހަކޮށްދޭ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

"ހެއާ ބޮޓޮކްސް" އަކީ އިސްތަށިގަނޑަށް ދެވޭ ފުން ކޮންޑީޝަނިން ފަރުވާއެކެވެ. މިއީ މޫނަށް ޖަހާ ބޮޓޮކްސްއާ ތަފާތު، އެއްވެސް ކަށިކެނޑުމެއް ނުވަތަ އިންޖެކްޝަނެއް ބޭނުންނުކުރާ ފަރުވާއެކެވެ. މިއަށް "ބޮޓޮކްސް" ގެ ނަމުން ނަންދެވިފައިވަނީ، މޫނުގެ ރޮނގުތައް އޮމާންކޮށްދޭ ފަދައިން، އިސްތަށިގަނޑުގެ ހަލާކުވެފައިވާ ބައިތައްފުރާލައި އިސްތަށިގަނޑު އޮމާންކޮށްދޭތީއެވެ.

މި ފަރުވާގައި ބޭނުންކުރަނީ އިސްތަށިގަނޑަށް ބޭނުންވާ ޕްރޮޓީން، ވިޓަމިން، ކެރަޓިން އަދި ތަބީއީ ތެޔޮތަކެވެ.

މީގެ މުހިންމު ބޭނުންތަކުގެ ތެރޭގައި:

1. ހަލާކުވެފައިވާ އިސްތަށިތައް މަރާމާތުކޮށްދިނުން

2. އިސްތަށިގަނޑު ނިއުޅި، އޮޅުންބޮޅުންވުން ކުޑަކޮށްދިނުން

3. އިސްތަށިގަނޑަށް މަޑުކަމާއި ވިދުން ގެނެސްދިނުން

4. އިސްތަށިގަނޑުގެ ތަބީއީ ސިފައަށް ބަދަލު ނުގެނެސް، އިސްތަށިގަނޑު ބެލެހެއްޓުން

ފަސޭހަކޮށްދިނުން

މިއީ އިސްތަށިގަނޑު ސީދާކުރުމަށް ބޭނުންކުރާ ބާރުގަދަ ކެމިކަލްތަކާ ހިލާފަށް، އިސްތަށިގަނޑުގެ ދުޅަހެޔޮކަން ދަމަހައްޓައިދޭ ރައްކާތެރި ފަރުވާއެކެވެ.