ރާއްޖޭގެ ވިޔަފާރިތަކަކީ މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ މައްޗަށް ވަރަށް ބޮޑަށް ބިނާވެފައިވާ ވިޔަފާރިތަކެކެވެ. ކަނޑާއި ވައިގެ މަގުން މުދާ އުފުލުމަކީ އޭގައި ތަފާތު އެތައް ނުރައްކާތަކެއް އެކުލެވޭ ކަމަކަށް ވާއިރު، މިކަމަށް އޮތް އެންމެ ބޮޑު އެއް ހައްލަކީ އެލައިޑް އިންސުއަރެންސްގެ ކާގޯ އިންސުއަރެންސް ޕްލޭނެވެ.
މުދާ އުފުލުމުގެ ތެރޭގައި ތަފާތު އެކި ކަހަލަ ހާދިސާތައް ދިމާވުމަކީ އާންމު ކަމެކެވެ. މޫސުމް ގޯސްވުމުގެ ސަބަބުން ކަނޑުމަތީގައި ދިމާވާ ހާދިސާތަކާއި، މުދާ އަރުވާ ބޭލުމުގެ ތެރޭގައި ލިބޭ ގެއްލުންތަކުގެ ސަބަބުން ވިޔަފާރިތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހެއެވެ.
އެލައިޑް ކާގޯ އިންސުއަރެންސް ފަރުމާކޮށްފައިވަނީ މިފަދަ ހާދިސާތަކުން ވިޔަފާރިތަކަށް ލިބޭ މާލީ ގެއްލުންތައް ކުޑަކޮށްދިނުމަށެވެ. މި ޕްލޭންގެ ދަށުން، މުދާ އުފުލުމުގެ ތެރޭގައި މުދަލަށް ލިބޭ ގެއްލުމުން ފުރިހަމަ މާލީ ރައްކާތެރިކަން ކަށަވަރުކޮށްދެއެވެ.
މި ޕްލޭންގެ އެންމެ ހާއްސަ އެއް ސިފަޔަކީ ހުރިހާ މަގަކުން ކުރާ ދަތުރުތަކަށް ވެސް ކަވަރޭޖް ލިބުމެވެ. އެގޮތުން ބޯޓުފަހަރުގައި ކަނޑުމަގުން ކުރާ ދަތުރުތަކާއި، މަތިންދާބޯޓުގައި ވައިގެ މަގުން ކުރާ ދަތުރުތަކުގެ އިތުރުން، އެއްގަމު އުޅަނދުފަހަރުގައި މުދާ އުފުލާއިރު ވެސް ރައްކާތެރިކަން ލިބިގެންދާނެއެވެ.
އިންޓަނޭޝަނަލް މާކެޓުތަކުން ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކަށް މިއީ ވަރަށް މުހިންމު ހިދުމަތެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް މުދާ ގެންނައިރު ދިމާވެދާނެ ކޮންމެ ނުރައްކަލަކުން މުދާ ސަލާމަތްކޮށް، ވިޔަފާރީގެ ރައުސްމާލު ރައްކާތެރިކުރުމަށް އެލައިޑްގެ މި ހިދުމަތް ވަރަށް ބޮޑަށް އެހީތެރިވެދެއެވެ.
ބޭރު ގައުމުތަކުން މުދާ ގެނައުމުގެ އިތުރުން، ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށް ވެސް މި ޕްލޭން ބޭނުންކުރެވެއެވެ. ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް، ނުވަތަ ރިސޯޓުތަކަށް މުދާ ގެންދާއިރު ވެސް، މި ޕްލޭންގެ ދަށުން ރައްކާތެރިކަން ހޯދޭނެއެވެ.
އެލައިޑް އޮފީހުން ބުނީ މި ޕްލޭން ފަރުމާކޮށްފައިވަނީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ބަދަލުތައް ގެނެވޭ ގޮތަށް ކަމަށެވެ. އެގޮތުން ވިޔަފާރީގެ ބާވަތާއި، އުފުލާ މުދަލުގެ އަގާއި ނާޒުކުކަމަށް ބަލައި، ތަފާތު ލެވެލްތަކުގެ ކަވަރޭޖް އިހުތިޔާރު ކުރުމުގެ ފުރުސަތު ކޮންމެ ވިޔަފާރިއަކަށް ވެސް އޮންނާނެ ކަމަށް އޮފީހުން ބުންޏެވެ.
މިއީ ހަމައެކަނި ބޮޑެތި ވިޔަފާރިތަކަށް ހާއްސަ ހިދުމަތެއް ނޫނެވެ. އާދައިގެ ކުދި ވިޔަފާރިތަކުން ފެށިގެން ގޮސް، އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނާއި އަގުބޮޑު މުދާ އެތެރެކުރާ ބޮޑެތި ކުންފުނިތަކަށް ވެސް މި ޕްލޭންގެ ސަބަބުން ބޮޑު ފައިދާއަކާއި ހިތްހަމަޖެހުމެއް ލިބިގެންދާނެއެވެ.
ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ އިތުބާރު ހިފޭ ކުންފުނީގެ ހައިސިއްޔަތުން، އެލައިޑުން އަބަދުވެސް އިސްކަންދެނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށެވެ. މުދަލަށް ގެއްލުމެއް ލިބޭ ހާލަތުގައި، ބަދަލު ހޯދުމަށް ހުށަހެޅުމުގެ މަރުހަލާ އަކީ ވަރަށް ފަސޭހަ އަދި އަވަސް މަރުހަލާއެއްކަން އެ ކުންފުނިން ކަށަވަރުކޮށްދެއެވެ.
އެލައިޑްގެ ވެބްސައިޓް މެދުވެރިކޮށް މި ޕްލޭނާ ގުޅޭ އިތުރު މައުލޫމާތު ވަރަށް ފަސޭހައިން ލިބެން ހުންނާނެއެވެ. އަދި އޮންލައިންކޮށް އަގުތައް ބަލައިލުމާއި، ޕްލޭން ގަތުމުގެ ފަސޭހަ އިންތިޒާމުތައް ވެސް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.
ވިޔަފާރިއެއް ކުރިއަރައިގެން ދިއުމުގެ އެންމެ ބޮޑު ސިއްރަކީ ލިބިދާނެ ގެއްލުމަކަށް ދުރާލާ ތައްޔާރުވެފައި އޮތުމެވެ. އެލައިޑް ކާގޯ އިންސުއަރެންސް ނެގުމަކީ، މުދާ އުފުލުމުގައި ދިމާވާ ހާސްކަމުން ދުރުވެ، ވިޔަފާރި ފުޅާކުރުމަށް ފުރިހަމަ ސަމާލުކަން ދިނުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ.
