ރެޑް ކާޕެޓު އިވެންޓެއްގެ ތެރެއިން ބޮލީވުޑް އެކްޓްރެސް ނިކިތާ ރާވަލްއަށް ހީނުކުރާ ފަދަ ކަމަކާ ކުރިމަތިލާންޖެހި އޭނާ ނުރުހުން ފާޅުކޮށްފިއެވެ. .މި އިވެންޓެއްގެ ތެރެއިން އޭނާގެ ގާތަށް އައި އަންހެން ސަޕޯޓަރަކު ވަނީ އޭނާގެ ތުންފަތަށް ދޮނެއް ދީފައެވެ.
މި ކަން ހިނގާދިޔައީ ނިކިތާ ރެޑް ކާޕެޓުގައި ސަޕޯޓަރުންނަށް ފޮޓޯނަގަން ހުއްޓައެވެ. ކުއްލިއަކަށް އޭނާގެ ކައިރިއަށް އައި އަންހެން ސަޕޯޓަރު ވަނީ ނިކިތާއަށް އެނގުމެއް ނެތި، އޭނާގެ ތުންފަތުގައި ދޮނެއް ދީފައެވެ.
މި ކުއްލި ދޮނާއެކު ނިކިތާ ވަނީ ވަރަށް ބޮޑަށް ސިއްސައިގެން ގޮސް، ނުތަނަވަސްވެފައެވެ. އަދި ސަޕޯޓަރުގެ މި އަމަލުގެ ސަބަބުން ރެޑް ކާޕެޓުގައި އުފެދުނު ނުތަނަވަސްކަމާއެކު، އޭނާގެ ނުރުހުން ވަނީ މޫނުމަތިން ފެނިގެން ގޮސްފައެވެ.
