އިންޑިޔާގެ މީހަކު މަރުވިކަމަށް ނިންމިތާ 45 އަހަރުފަހުން އޭނާގެ އާއިލާއާ އޭނާ ބައްދަލުވެއްޖެއެވެ.
އުމުރުން 70 އަހަރުގެ ސައްޖާދް ތަންގަލް ނަމަކަށް ކިޔާ މި ފިރިހެންމީހާ އޭނާގެ އާއިލާއާއި ބައްދަލުކުރުމުން އޭނާގެ އާއިލާއިން ވަނީ އެކަން ގަބޫލުކުރަންވެސް ދަތިވެފައެވެ. އޭނާ އެނބުރި އާއިލާއާއި ބައްދަލުކުރި އިރު އޭނާގެ މަންމަ ދުނިޔޭގައި ހުރުން އެއީ އޭނާ އަށާއި އޭނާގެ އާއިލާއަށް ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ. އޭނާގެ މަންމަގެ އުމުރަކީ 92 އަހަރެވެ.
ސައްޖާދަކީ އެކި ސަރަހައްދުތަކަށް ދަތުރުކޮށް، އިޖްތިމާއީ ހޭލުންތެރިކަމުގެ ޕްރޮގުރާމްތައް ހިންގާ މީހެކެވެ. އެގޮތުން އޭނާ އަށް ލިބުނު އެފަދަ ފުރުސަތެއްގައި އޭނާ ދުބާއީ އަށް ދިޔައެވެ. އެ ދަތުރަށްފަހު އެނބުރި އިންޑިޔާއަށް އައި މަތިންދާބޯޓުވަނީ އިންޑިޔާގެ މުންބާއީ އަށް ވެއްޓިފައެވެ. 1976ގައި ހިނގި މިހާދިސާގައި ސަލާމަތްވެފައި ވަނީ ވަރަށްމަދު ބައެކެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާ އެދަތުރުގައި ދުބާއީއަށް ދިޔަކަމެއް އޭނާގެ އާއިލާ އެއްވެސް މީހަކަށް އެނގިފައެއް ނުވެއެވެ.
މަތިންދާބޯޓު ވެއްޓުނު ހާދިސާއަށްފަހު، އޭނާ އަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލިނަމަވެސް، އޭނާގެ ނަފްސާނީ ހާލަތު ގޯސްކަމުން މުންބާއީގެ ނަފްސާނީ ސެންޓަރެއްގައި އޭނާއަށް ފަރުވާދިނެވެ. އެ ތަނުގައި 45 އަހަރު ހޭދަކުރުމަށްފަހު މުޅިން ރަނގުވެގެން އޭނާ އެނބުރި އޭނާގެ އުފަން އަވަށް ކަމަށްވާ ކެރަލާއަށް، އޭނާގެ އާއިލާ ކައިރިއަށް އައިއިރު އޭނާ މަރުވެފައިވާކަމަށް ވަނީ ނިންމާފައެވެ. އެކަމާ ސައްޖާދު ދެރަވި ނަމަވެސް އޭނާގެ މަންމަ ފެނުމުން ހުރީ ވަރަށް އުފަލުންނެވެ.
ސައްޖާދުގެ މަންމަ ބުނާގޮތުގައި ސައްޖާދު ދިރިހުއްޓާ ފެންނާނެކަމަށް ދުވަހަކުވެސް ހީނުކުރާ ކަމަށާއި ސައްޖާދު މަރުވެފައިވާކަމަށް ނިންމިތާ 45 އަހަރު ވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
