ބްރެޒިލްގެ މޫދުގައި އޮތް މީހަކަށް މިޔަރެއް ހަމަލާދީ އޭނާ މަރާލައިފިއެވެ.
އެގައުމުގެ ރިޕޯޓުތައް ބުނާ ގޮތުން ޖަބޯޓޮއާ ދޮސް ގުއަރަރަޕެސް ނަމަކަށް ކިޔާ އެގައުމުގެ ކަނޑުގެ އައްސޭރީގައި ހިނގި މިހާދިސާ ހިނގާފައިވަނީ މެންދުރުގެ ވަގުތެއްގައެވެ. އުމުރުން 51 އަހަރުގެ މާސެލޯ ރެޗާ ސަންތޯސް ނަމަކަށް މިކާ މި މީހާއަށް މިޔަރެއް ހަމަލާދިނީ އެ ސަހަރަހައްދުގެ މޫދަށް އެރި އޮއްވައެވެ.
ރިޕޯޓުތައް ބުނާގޮތުން އޭނާ މޫދަށް އެރިފައިވަނީ ރާބޮއެ، މަސްތުވެގެން ހުރެއެވެ. އަދި އޭނާ މޫދަށް އެރުނީ ކުޑަކަމުދާން ވެގެން ކަމަށާއި އޭނާއަށް މިޔަރު ހަމަލާދިނީވެސް މޫދުގައި އޮވެ ކުޑަކަމު ދަނިކޮށް ކަމަށަ މަންޒަރުދުށް މީހުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
އޭނާއަށް މިޔަރު ހަމަލާދެމުން ދިޔައިރު އެސަހައްދު އެއްކޮށް ރަތްވެގެން ދިޔަކަމަށާއި 5 ވަރަކަށް މިނެޓުވަންދެން މިޔަރު އޭނާއަށް ހަމަލާދެމުން ދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އޭނާގެ ގައިން މިޔަރު ދޫކޮށްލާ ދުރަށް ޖެހުމުން އޭނާގެ ހަށިގަނޑުވަނީ ކައިރީގައި އޮތް ލޯންޗަކަށް ނަގާފައެވެ. މިޔަރުގެ ހަމަލާއަށްފަހު އޭނާ ދެ ފަޔާއި އެއް ވަނީ ވަކިވެފައެވެ.
އެސަހައްދާ އެންމެ ކައިރި ހޮސްލިޓަލަކަށް އޭނާގެންދެވުނު އިރުވެސް އޭނާވަނީ މަރުވެފައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ބްރެޒިލްގެ އެ ސަރަހައްދަކީ އާންމުކޮށް މިޔަރުގެ ހަމަލާތައް ގިނަ ސަރަހައްދެއްކަމަށާއި އެކަމުގެ އިންޒާރު ނޯޓިސްއެއްވެސް އެހިސާބުގައި ބެހެއްޓިފައި ހުންނާނެކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
