ނެދަލޭންޑްސްގައި ކުޑައިރުގެ ދެ އެކުވެރިންގެ ގޮތުގައި އުޅުނު ދެ އަންހެނުންނަކީ އެއްބަނޑު އެއްބަފާ ދެބެއިންކަން، 15 އަހަރު ފަހުންއެނގިއްޖެއެވެ. އިންޑިއާއިން އެޑޮޕްޓްކޮށްގެން ނެދަލޭންޑްސްއަށް ގެންދިޔަ މީނާ އާއި މީނަލްއަށް އެމީހުންނަކީ އެއްބަނޑު ދެބެއިންކަން އެނގުނީ ހެދި ޑީއެންއޭ ޓެސްޓަކުންނެވެ.

މީނާ އާއި މީނަލް އެންމެ ފުރަތަމަ ބައްދަލުވީ 1996 ވަނަ އަހަރު ކުޑައިރުގެ ދެ އެކުވެރިންގެ ގޮތުގައެވެ. ނަމަވެސް، ޒަމާންތަކެއް ފަހުން އެ ދެމީހުންގެ މެދުގައި އޮތް ގުޅުން ކެނޑި، 15 އަހަރު ވަންދެން އެކަކު އަނެކަކާ ބައްދަލުނުވެ ދިޔައެވެ. އެއަށްފަހު، އެ ދެމީހުންގެ އަސްލު ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ޑީއެންއޭ ޓެސްޓެއް ހަދަން ނިންމިއެވެ.

އެ ދެމީހުން ހެދި ޑީއެންއޭ ޓެސްޓުގެ ނަތީޖާއިން އެއީ އެއްބަނޑު އެއްބަފާ ދެބެއިންކަން ސާފުވުމާއެކު، އެ ދެމީހުން ވަނީ އެކަން ފާހަގަކޮށް އުފާ ފާޅުކޮށްފައެވެ.