އިންޑިއާގެ މަހާރާޝްޓްރާގެ އަމްރާވަތީގައި ހުންނަ ސަރުކާރުގެ ބޯޑިން ހޮސްޓެލަކުން 600 އަށްވުރެ ގިނަ ދަރިވަރުން ހޮސްޓެލް ދޫކޮށް ގޮސްފިއެވެ. މި ދަރިވަރުން ހޮސްޓެލް ދޫކޮށް ގޮސްފައިވަނީ އެ ތަނުގައި ނާމާން އަދި ބިރުވެރި ކަންތައްތަކެއް ހިނގާ ކަމަށް ބުނެ ފެތުރުނު އަޑުތަކަކާ ގުޅިގެންނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އަމްރާވަތީގެ ދޯމާ ޓްރައިބަލް އަޝްރާމް ސުކޫލުގައެވެ. އެ ސުކޫލުގެ ހޮސްޓެލް ދޫކޮށް ދިޔަ ދަރިވަރުން ބުނީ، ރޭގަނޑު ގަޑީގައި ކޮރުޖައިހެން ހިނގާ އަޑާއި، މީހުން ހީ އަދި ރޯ އަޑުފަދަ ނާމާން އަޑުތައް އެ ތަނުން އިވޭ ކަމަށެވެ.

މި ނާމާން އަޑުތަކުގެ ވާހަކަތައް ފެތުރުމާ ގުޅިގެން، އެ ހޮސްޓެލްގައި ތިބި ޖުމްލަ 608 ދަރިވަރުން ވަނީ އެ ތަން ދޫކޮށް ގޮސްފައެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ.