ދުނިޔޭގެ އެންމެ ހުތުރު ކުއްތާ ހޮވުމަށް ބާއްވާ މުބާރާތުގެ އެއްވަނަ 6 އަހަރުގެ ކުއްތާއެއް ކަމަށްވާ ޖިނީ ލޫ ހޯދައިފިއެވެ. މިއީ މި ކުއްތާ މި މުބާރާތުގައި ބައިވެރިވި 4 ވަނަ ފަހަރެވެ. 2025 ވަނަ އަހަރު ބޭއްވި މުބާރާތުން ޖިނީ ލޫ އަށް ލިބުނީ ދެވަނައެވެ.

ޖިނީ ލޫގެ ދިރިއުޅުމުގެ ވާހަކައަށް ބަލާއިރު، ބަދިގޭ ގޮނޑިތަކަށް ސިއްރުން އަރައި އެންމެންގެ ކެއުން ތަށިތަކަށް ދޫ ލައިގެން ކެއުމަކީ އޭގެ އާދައެކެވެ. މި މުބާރާތުގެ ފަނޑިޔާރުން ވަނަތައް ހޮވުމުގައި ކުއްތާގެ ފަސްފަހަތާއި އޭގެ ދިރިއުޅުމުގެ ވާހަކައަށް ބަލައެވެ. މީގެ ކުރިން މުބާރާތް ކާމިޔާބުކުރި ކުއްތާތަކަކީ ހިތްވަރާއި ސާބިތުކަން ރަމްޒުކޮށްދޭ ކުއްތާތަކެކެވެ.

އެމެރިކާގެ ކެލިފޯނިއާގެ ސަންތާ ރޯސާގައި ބޭއްވި ސޮނޯމާ ކައުންޓީ ފެއާގެ ތެރެއިން ކުރިއަށްދިޔަ މި މުބާރާތަށް އޯގަސްޓް 14 ގައި 50 އަހަރު ފުރިފައިވެއެވެ. މުޅި މުބާރާތުގެ ތެރޭގައި ކުއްތާތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދީފައިވާއިރު، ސަޕޯޓަރުންގެ ކުރިމަތީގައި ރެޑް ކާޕެޓުގައި މި ކުއްތާތައް ހިނގާފައިވަނީ ތަރިންގެ ގޮތުގައެވެ.