ނޯދަން އައިއަލެންޑަށް ނިސްބަތްވާ އަމާންޑާ ޓީގް، 300 އަހަރު ކުރީގެ ކަނޑުފޭރޭ މީހެއްގެ "ރޫހަކާ" ކުރި ތަފާތު ކާވެނި ނިމުމަކަށް އައިސްފައިވާކަމަށް އޭނާ ބުނެފިއެވެ. އެ މީހުން ކާވެނިކުރީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި، ރޫހާނީ ކަންކަން ކުރާ މީހެއްގެ އެހީތެރިކަމާއެކުގައެވެ.

އަމާންޑާ ބުނި ގޮތުގައި އެ ރޫހާ ފުރަތަމަ ބައްދަލުވީ 2014 ވަނަ އަހަރުގައެވެ. މަސްތަކެއް ވަންދެން ވާހަކައްދެއްކުމަށް ފަހު، އެ ގުޅުން ލޯބީގެ ގުޅުމަކަށް ބަދަލުވިއެވެ. އަދި އާދައިގެ ދެމަފިރިން ފަދައިން އެކުގައި ބައްދަލުކޮށް، ދަތުރުފަތުރުކޮށް، ހިޔާލު ތަފާތުވުންތަކުގައި ބަހުސްވެސް ކުރި ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް، މި ގުޅުން ނިންމާލަން އަމާންޑާ ނިންމީ އެ ކާވެނީގެ ސަބަބުން އޭނާގެ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރަން ފެށުމުންނެވެ. އޭނާ ބުނި ގޮތުގައި އެ ރޫހުގެ ސަބަބުން އޭނާގެ ހަކަތަ ދަމައިގަންނަ ކަމަށް ގަބޫލުކުރެވުމާއެކު، ސިއްހީ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެ ކާވެނި ވަނީ ރޫޅާލާފައެވެ.