މިސް އާތު އިންޑޮނޭޝިއާ 2025 ގެ ތާޖު ހާސިލުކޮށްފައިވާ ޕުތުރީ އަންދުރިއާނީ ޖުފިޗާ އުމުރުން 25 އަހަރުގައި ކުއްލި ގޮތަކަށް މަރުވެއްޖެއެވެ. އޭނާ މަރުވިކަން އިންސްޓަގްރާމް މެދުވެރިކޮށް އާންމުކޮށްފައިވަނީ އޭނާއަށް 26 އަހަރު ފުރޭ އުފަންދުވަހުއެވެ. އޭނާ މަރުވި ވަކި ސަބަބެއް ރަސްމީކޮށް އާންމުކޮށްފައެއް ނުވެއެވެ.

ޕުތުރީ މަރުވިކަން އިއުލާނުކޮށް މިސް ގްރޭންޑް އިންޑޮނޭޝިއާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އޭނާއަކީ އެ އިދާރާގެ އާއިލާގެ މުހިންމު ބައެއް ކަމަށާއި އޭނާގެ ރީތިކަމާއި ހިތްހެޔޮކަމުގެ ހަނދާންތައް އަބަދުވެސް ދެމިހުންނާނެ ކަމަށެވެ. މީގެއިތުރުން މިސް އާތު އޯގަނައިޒޭޝަނުންވެސް ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވައި، އޭނާ ތިމާވެށި ރައްކާތެރިކުރުމަށް ކޮށްދިން މަސައްކަތްތަކުގެ އަގު ވަޒަންކޮށްފައެވެ.

ރީތީގެ މުބާރާތްތަކުގެ އިތުރުން ޕުތުރީއަކީ ގާނޫނީ ދާއިރާއިން މާސްޓާސްއަށް ކިޔަވަމުންދިޔަ ދަރިވަރެކެވެ. އަދި އޭނާއަކީ ތިމާވެށި ރައްކާތެރިކުރުމަށާއި ކޯރުތައް ތަގައްޔަރުވުމުން ސަލާމަތްކުރުމަށް އަޑުއުފުލި ފަރާތެކެވެ. މީގެއިތުރުން ލަވަކިޔުމުގެ ދާއިރާގައިވެސް ހަރަކާތްތެރިވެފައިވާ ޕުތުރީ ވަނީ 2024 ވަނަ އަހަރު "މާތީ ސަޖާ" ގެ ނަމުގައި ލަވައެއްވެސް ނެރެފައެވެ.