ކުރިއަށް އޮތް 2026-27 ފުޓްބޯޅަ ސީޒަނަކީ އޭނާގެ ކެރިއަރުގައި އެންމެ އުސް ފެންވަރުގައި ފުޓްބޯޅަ ކުޅޭނެ އެންމެ ފަހު ސީޒަނަށް ވެދާނެ ކަމަށް ޕޯޗުގަލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ. .

އުމުރުން 41 އަހަރުގެ ރޮނާލްޑޯއަށް މިއީ އޭނާގެ ކެރިއަރުގެ 24 ވަނަ ސީޒަނަށް ވެގެންދާއިރު، އޭނާ ދަނީ ކެރިއަރު ނިންމާލުމުގެ ކުރިން ބޮޑު ކާމިޔާބީއެއް ހާސިލުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ސައުދީގެ އަލް ނަސްރަށް މިހާރު ކުޅެމުންދާ ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި 1،000 ލަނޑު ހަމަކުރުމުގެ މުހިންމު އަމާޒެއް ކަނޑައަޅައިފައެވެ. މިހާތަނަށް ސީނިއާ ކެރިއަރުގައި 976 ލަނޑު ޖަހާފައިވާ ރޮނާލްޑޯ ވަނީ އެންމެ ފަހުން ބޭއްވި 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައިވެސް ޕޯޗުގަލް ގައުމީ ޓީމަށް ކުޅެފައެވެ. އޭނާ އަމާޒު ހިފާފައިވަނީ ކުޅުން ނިންމާލުމުގެ ކުރިން 1،000 ލަނޑުގެ ރެކޯޑު ހަމަކުރުމަށެވެ.

ރޮނާލްޑޯ މިކަން ހާމަކޮށްފައިވަނީ އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒްއާ ކައިވެނިކުރުމުގެ ކުރިން 'ވޯގް' މެގަޒިންއަށް ދިން އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި ރޮނާލްޑޯ ބުނީ މިއީ ފުޓްބޯޅަ ކުޅޭނެ އެންމެ ފަހު އަހަރަށް ވުން އެކަށީގެންވާ ކަމަށާއި، އޭނާ ބޭނުންވަނީ ފުޓްބޯޅައިގައި ވަރަށް ފުރިހަމަ ތާރީހެއް ދޫކޮށްދާން ކަމަށެވެ.