މެކްސް ބްރޭންޑުގެ ސާފުކުރާ ސާމާނު ސިބްކޯ އިން ވިއްކަން ފަށައިފިއެވެ.

ކެނެޑާގެ ބްރޭންޑެއް ކަމަށްވާ "މެކްސް" ގެ އެއްއުފެއްދުމަކީ ގޭތެރެ ފަދަ ތަންތަން ސާފުކުރުމަށް ބޭނުންކުރާ އުފެއްދުމެކެވެ.

މި އުފެއްދުމުގެ 500 މިލިލީޓަރު އަދި 1 މިލިލީޓަރުގެ ފުޅީގެ ތަފާތު ތިން ބާވަތެއް ސިބްކޯ އިން ލިބެން ހުރި އިރު، މި ތަކެތިން ގޭތެރެ ސާފުކުރުމުން ގިނަ އިރުތަކެއް ވަންދެން ދެމިގެންދާނެ ފަދަ މީރު ވަހެއް ހުންނާނެއެވެ. އެއީ ލެވެންޑާ، ލެމަން އަދި ރޯސް އެވެ.

ސިބްކޯ އިން ގެނެސްފައިވާ މެކްސް ބްރޭންޑްގެ އުފެއްދުމަކީ ތަށި ފަދަ ތަކެތި ދޮންނަން ބޭނުންކުރާ އުފެއްދުމަކާއި ހެދުން ދޮންނައިރު ބޭނުންކުރާ އުފެއްދުމެކެވެ.

ސިބްކޯއިން ބުނީ އެ ކުންފުނީގެ ހުރިހާ އައުޓްލެޓަކުންވެސް މި ބްރޭންޑުގެ ސާމާނު ލިބެން ހުންނާނެ ކަމަށެވެ.

ސިބްކޯގެ އައުޓްލެޓްތައް މާލެ އާއި އައްޑޫސިޓީ އަދި ފުވައްމުލައްސިޓީގައި ހުރެއެވެ.