ދުނިޔޭގައި މިހާރު ދިރިހުރި އެންމެ އުމުރުން ދުވަސްވީ މީހާ ކަމަށްވާ އެތެލް ކޭޓަހަމްގެ 117 ވަނަ އުފަންދުވަސް އޭނާގެ އާއިލާއާއި ރައްޓެހިންނާއެކު ފާހަގަކޮށްފިއެވެ.
ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާގެ އުފަންދުވަސް ފާހަގަކޮށްފައިވަނީ އިނގިރޭސިވިލާތުގެ ސަރޭގައި ހުންނަ ކެއާ ހޯމްއެއްގައެވެ.
އެތެލްއަށް ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ މަގާމު ލިބުނީ 2025 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. އެއީ އޭގެ ކުރިން އެ މަގާމުގައި ހުރި ބްރެޒިލްގެ އުމުރުން 116 އަހަރުގެ މީހަކު މަރުވުމާ ގުޅިގެންނެވެ.
އެތެލް އަކީ ދުނިޔޭގެ ތާރީހުގައި ހިނގާދިޔަ ވަރަށް ގިނަ ބޮޑެތި ކަންކަން ދެކެފައިވާ މީހެކެވެ. އެގޮތުން މަޝްހޫރު ޓައިޓޭނިކް ބޯޓު އަޑިއަށް ދިޔުމުގެ ތިން އަހަރު ކުރިން އޭނާ އުފަންވެފައިވާއިރު، އޭނާ ވަނީ ދުނިޔޭގެ ބޮޑު ދެ ހަނގުރާމަވެސް ދެކެފައެވެ.
