ސްވިޑަންގައި ދެބެންގެދެދަރި މީހުންނާއި އާއިލީ ގާތް މީހުންނާ ކައިވެނި ކުރުން މަނާކުރާ އާ ގާނޫނެއް އެ ގައުމުން ފާސްކޮށްފިއެވެ. މިއީ އެ ގައުމުގެ އާއިލީ ކަންކަމާ ބެހޭ ގާނޫނަށް ގެނައި ވަރަށް ބޮޑު ބަދަލެކެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ.

މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ އާއިލީ ނުފޫޒުގެ ދަށުންނާއި މަޖުބޫރުން ކުރެވޭ ކައިވެނިތައް ހުއްޓުވުމެވެ. އަދި އާންމު ސިއްހަތާއި އިޖުތިމާއީ މިންގަނޑުތަކާ އެއްގޮތަށް ގައުމުގެ ގަވާއިދުތައް ބައްޓަން ކުރުން ކަމަށް މި ގާނޫނު އެކުލަވާލި ފަރާތްތަކުން ބުންޏެވެ.

މި އާ ގާނޫނާ ގުޅިގެން ސްވިޑަންގެ ސިޔާސީ އަދި އާންމު މީހުންގެ މެދުގައި ވަނީ ވަރަށް ބޮޑު ބަހުސެއް ފެށިފައެވެ. އެގޮތުން، މިއީ އަމިއްލަ މިނިވަންކަމާއި ސަގާފަތާ ގުޅޭ ކަމަކަށް ވާއިރު، މީހުންގެ އަމިއްލަ ގުޅުންތަކުގެ ތެރެއަށް ސަރުކާރުން ވަނުމާ މެދު ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް އަނެއްބަޔަކު ދަނީ ސަރުކާރުގެ މި ނިންމުމަށް ތާއީދުކުރަމުންނެވެ.