އޮސްޓްރޭލިއާގެ އުމުރުން 18 އަހަރުގެ ކުރިއަރަމުން އަންނަ ގޮލްފް ކުޅުންތެރިޔާ ޖެސިކާ ބޭންގް، ސިކުނޑީގެ ނާރެއް ފަޅައިގެން ގޮސްގެން ތައިލެންޑުގައި މަރުވެއްޖެ އެވެ.

އޭނާ ތައިލެންޑަށް ދިޔައީ އިންޓަނޭޝަނަލް ކޭއެލްޕީޖީއޭ ޓުއާގެ ކޮލިފައިން މުބާރާތަކަށް ތައްޔާރުވުމަށެވެ. ނަމަވެސް އޮގަސްޓު މަހުގެ 1 ވަނަ ދުވަހު ކުއްލި ގޮތަކަށް ބަލިވެ، އޭނާގެ ސިކުނޑީގެ އޮޕަރޭޝަނެއް ވަނީ ކޮށްފަ އެވެ. ޖެސިކާ މަރުވީ ހޮސްޕިޓަލުގައި 10 ދުވަހަށް ވުރެ ގިނަ ދުވަހު ފަރުވާދިނުމަށް ފަހު އޮގަސްޓު 13 ވަނަ ދުވަހު އެވެ.

އުންމީދީ ޒުވާން ކުޅުންތެރިޔާ މަރުވުމާ ގުޅިގެން އޮސްޓްރޭލިއާގެ ގޮލްފް ކޮމިއުނިޓީއާއި ޑަބްލިއުޕީޖީއޭ ޓުއާ އޮފް އޮސްޓްރޭލޭޝިއާ އިން ވަނީ ވަރަށް ފުން ހިތާމަ ފާޅުކޮށްފަ އެވެ. މިއީ އެ ގައުމުގެ ގޮލްފް ކުޅޭ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށް އެ ފަރާތްތަކުން ބުންޏެވެ.