ދުނިޔޭގައި މިހާތަނަށް އިންސާނަކު އެންމެ ބާރަށް ދުވެގެން ހަދާފައިވާ 100 މީޓަރުގެ ރެކޯޑު، ޗައިނާގެ ރޮބޮޓަކުން މުގުރާލައިފިއެވެ. "ލައިޓްނިން" ގެ ނަން ދީފައިވާ މި ރޮބޮޓް 100 މީޓަރުގެ ރާސްތާ ކަޑަތުކުރީ އެންމެ 9.32 ސިކުންތުންނެވެ. މިއީ ޔޫސެއިން ބޯލްޓް 9.58 ސިކުންތުން ހަދާފައިވާ ދުނިޔޭގެ ރެކޯޑަށް ވުރެ އަވަސް ވަގުތެކެވެ.

މި އާދަޔާ ހިލާފު ކާމިޔާބީ މި ރޮބޮޓް ހޯދާފައިވަނީ ވޯލްޑް ހިއުމަނޮއިޑް ރޮބޮޓް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ހާއްސަ ހަރަކާތެއްގެ ތެރެއިންނެވެ. މި ދުވުމުގައި މި ރޮބޮޓް ވަނީ ސިކުންތަކު 14.5 މީޓަރުގެ ބާރުމިނެއްގައި ދުވެފައެވެ. މިއީ މިހާތަނަށް މިފަދަ ރޮބޮޓަކަށް ވާސިލްވެވުނު އެންމެ މަތީ އެއް ސްޕީޑެވެ.

މި ރޭހުގައި ރޮބޮޓް ވަރަށް ބާރަށް ދުވެފައި ގޮސް ރޭސް ނިންމި ނަމަވެސް، ރޭސް ނިންމުމަށްފަހު އޭގެ ދުވެލި ކޮންޓްރޯލް ނުކުރެވި ގޮސް ޖެހުނީ ބާލީހެއްގައެވެ. ބާލީހުގައި ޖެހި ރޮބޮޓް ވެއްޓުނު ނަމަވެސް، މިއީ ޓެކްނޮލޮޖީގެ ގޮތުން އިންސާނުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުންޏެވެ.