މަޝްހޫރު ފޯނު ބްރޭންޑު ނޮކިއާގެ ދަށުން، އެޗްއެމްޑީ ގްލޯބަލް ކުންފުނިން އާ ބައްތިފޯނެއް ބާޒާރަށް ނެރެފިއެވެ.
"ނޮކިއާ 110 4ޖީ" ގެ ނަމުން ނަންދީފައިވާ މި ފޯނަކީ ކުރީގެ ފޯނުތަކުގެ ހަނދާން އާކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ފޯނަކަށް ވާއިރު، މީގެ އެންމެ ހާއްސަ އެއް ކަމަކީ މީގައި ޕަވާ ބޭންކެއް ހިމަނާފައި ވުމެވެ.
މި ފޯނުގައި ހިމެނޭ ޕަވާ ބޭންކުގެ އެހީގައި އެހެން ފޯނުތަކާއި ޑިވައިސްތައް ޗާޖު ކުރެވޭނެއެވެ. މީގެ އިތުރުން، މި ފޯނުގައި ވަރަށް އަލިގަދަ ބޮޑު ބައްތިއެއްވެސް ހުރެއެވެ. މިއީ ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ މީހުންނަށާއި، ކަނޑުމައްޗަށް އަދި ދަތުރުދާ މީހުންނަށް ވަރަށް ބޭނުންތެރިވާނެ ފީޗާއެކެވެ.
މި ފޯނުގެ އަނެއް ހާއްސަ ކަމަކީ، މިހާރުގެ އަގުބޮޑު ސްމާޓްފޯނުތަކުގައި ނުހުންނަ ހެޑްފޯން ޖެކްވެސް މި ފޯނުގައި ހިމަނާފައި ވުމެވެ. ބާޒާރުގައި މި ފޯނު ވިއްކަން ހަމަޖެހިފައިވަނީ ގާތްގަނޑަކަށް 40 އެމެރިކާ ޑޮލަރު (616 ދިވެހި ރުފިޔާ) އަށެވެ. މިއީ އަގުހެޔޮކޮށް ލިބޭ، ގިނަ ދުވަހު ބެޓެރި ހިފަހައްޓާ އަދި ބޭނުންކުރަން ފަސޭހަ ފޯނެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
