މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާގެ ފޮޓޯއެއް ހިމެނޭ ދެ ލައްކަ ޕެސޯގެ ފައިސާގެ ނޫޓެއްގެ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.
މިއީ އެ ގައުމަށް ދިމާވެފައިވާ އުނދަގޫ ހާލަތުގައި އޭނާ ވަމުންދާ އެހީތެރިކަމާއި، އޭނާގެ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ފޭނުން ފަށައިގެން އުޅޭ ކަމެކެވެ.
މި ފައިސާގެ ނޫޓު ސޯޝަލް މީޑިއާގައި އާންމުވުމާއެކު، ގިނަ ބައެއްގެ މެދުގައި ވަނީ މިކަމާ ގުޅޭގޮތުން ބޮޑު ބަހުސެއް ފެށިފައެވެ. ގިނަ މީހުން ބޭނުންވަނީ ކޮލަމްބިއާގައި އުފެދުނު އެންމެ ކާމިޔާބު އެއް ފަންނާނު ކަމަށްވާ ޝަކީރާއަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އަލަށް ނެރޭ ފައިސާގެ ނޫޓެއްގައި އޭނާގެ ފޮޓޯ ޖެހުމަށެވެ.
މިކަމާ ގުޅިގެން ކޮލަމްބިއާގެ މަރުކަޒީ ބޭންކުން އަދި އެއްވެސް ރަސްމީ ނިންމުމެއް ނިންމާފައި ނުވެއެވެ. ނަމަވެސް، މިއީ ގިނަ ބަޔަކު ތާއީދުކުރާ ކަމަކަށް ވާތީ މިއީ ހަގީގަތަކަށް ވުން އެކަށީގެންވާ ކަމެއް ކަމަށް އޭނާގެ ފޭނުން ބުންޏެވެ. އަދި މިހާރު ވެސް ޝަކީރާ އަންނަނީ އެ ގައުމުގެ މީހުންނަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
