އިންޑިއާގެ ފިލްމީތަރި އަމީތާބް ބަޗަން ދިރިއުޅޭ ގެއާއި، އަދި މުމްބާއީ ރޭލްވޭ ސްޓޭޝަންތަކެއް ހިމެނޭހެން ހަތަރު ތަނެއްގައި ބޮން ހަރުކޮށްފައިވާ ކަމަށް ބުނެ، އިންޑިއާ ފުލުހުންނަށް ލިބުނު ފޯން ކޯލަކާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންނަށް ލިބުނު އެ ފޯން ކޯލާއި ގުޅިގެން އަމީތާބް ދިރިއުޅޭ ގެއާއި، މުމްބާއީގެ ތިން ސްޓޭޝަނެއްގެ ސެކިއުރިޓީ ވަނީ ވަރަށް ބޮަޑަށް ވަރުގަދަކޮށްފައެވެ. ނަމަވެސް އެއިން ތަނަކުން އެފަދަ އެއްޗެއް ފެނިފައިނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މުމްބާއީ ފުލުހުންގެ މައި ކޮންޓްރޯލް ރޫމަށް އައި ފޯން ކޯލްގައި ބުނެފައި ވަނީ، ޖޫހޫގައި ހުންނަ އަމީތާބްގެ ގޭއާއި އިތުރު ތިން ސްޓޭޝަނެއްގައި ބޮޮން ހަރުކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް ފުލުހުން މިހާތަނަށް ބެލި ބެލުމުން އެފަދަ އެއްޗެއް ފެނިފައެއް ނުވެއެވެ. ނަމަވެސް އެ ސަރަހައްދުގައި ފުލުހުން ވަނީ ބައިތިއްބާފައެވެ. އަދި މިކަން އިތުރަށް ތަހުގީގު ކުރަމުންދާ ކަަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
