ނައިޖީރިއާގެ ފިރިހެނަކު މަރާލުމަށްފަހު، އޭނާގެ ލޯބިވެރިޔާ، ކާރަކާއި 2.9 މިލިއަން ޑޮލަރު ވަގަށް ނަގައިފިއެވެ.
މިހާދިސާ ހިނގާފައިވަނީ އެގައުމުގެ އަކަވާ އިބޯމް އަވަށުގައެވެ. މިހާދިސާގައި މަރުވެފައިވަނީ އުމުރުން 34 އަހަރުގެ ޗިކޮކާ ނަމަކަށް ކިޔާ ފިރިހެނެކެވެ. މި ހަމަލާ ދިން އަންހެން މީހާ އަކީ ލޮރެއްޓާ އާނޯހް ނަމަކަައް ކިޔާ މީހެކެވެ.
ޗިކޮކާ މަރުވެފައި އޮއްވައި ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭގައެވެ. އޭނާގެ އަވައްޓެރިންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން އޭނާ އާއި އޭނާގެ ލޯބިވެރިޔާ އެ ދުވަހު އެގޭގައި އުޅުނެވެ. އެދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އެގެއިން ހަޅޭކުގެ އަޑެއް އިވުނުކަމަށްވެސް ބުނާ އަވައްޓެރިން އުޅެއެވެ.
ފުލުހުން ބުނީ އޭނާ މަރުވެފައި ވާކަމަށް ރިޕޯޓުކޮށްފައިވަނީ އޭނާގެ އަވައްޓެރިން ކަމަށާއި، ފުލުހުން އެގެއަށް ދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ. އޭނާގެ ގައިން އެކި ޒަހަމްތައް ފެންނަން ހުރި އިރު އޭނާގެ ކަނާތުގެ މައި ނާރުގައި ވަޅިން އަޅާފައިވާ ކަން ތަހުގީގަށް އެނގޭކަމަށްވެސް ފުލުހުން ބުނެއެވެ.
މިހާދިސާއާއި ގުޅިގެން އޭނާގެ އަންހެނުން ލޮރެންޓާ ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާ ގެންގުޅޭ ކާރާއި 2.9 މިލިއަށް ޑޮލަރުވެސް ވަގަށް ނަގާފައިވާކަމަށް ތަހުގީގުގައި އެ އަންހެން މީހާވަނީ ކިޔައިދީފައެވެ. ނަމަވެސް އޭނާ އެކަން ކުރީ ކޮން ސަބަބަކާއި ހުރެކަން އަދި ސާފު ނުވާކަމަށާއި، މިކަމުގެ އަޑީގައި އެހެން ބަޔަކު ތިބިތޯ ބެލުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
