ދިޔަ ތިން މަސް ތެރޭގައި ސަރުކާރުގެ އެކި މިނިސްޓްރީތަކުން 200 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން މަގާމުން ވަކިކޮށްފައިވާ ކަމަށް ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ އެކު ބާއްވާ ބައްދަލުވުމުގެ ބަދަލުގައި ޕީއެސްއެމްގައި ބޭއްވި ސައެއްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ތެރެއިން މިހާތަނަށް 205 ސިޔާސީ މުވައްޒަފަކު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އަދި އެއީ ސަރުކާރުގެ 15 މިނިސްޓްރީއެއްގައި ހިމެނޭ ހަތަރު މަގާމެއްގައި ތިބި ބައެއް މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިގޮތުން މީހުން ވަކިކޮށްފައިވާ މަގާމުތަކުގެ ތެރޭގައި ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި، ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުންގެ އިތުރުން ޕޮލިޓިކަލް ޑައިރެކްޓަރުން ހިމެނޭ ކަމަށް މުންދު ފާހަގަކުރެއްވިއެވެ.

ސިޔާސީ މަގާމުތަކުގައި ތިބި މީހުން މަ މަގާމުން ވަކިކުރުމުގެ މަސައްކަތް ހުއްޓިފައި ނުވާ ކަމަށާއި، އެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް މުންދު ވިދާޅުވިއެވެ. ނަމަވެސް ސަރުކަރުގައި މިހާރު ތިބި ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ކޮންމެހެން ވެސް ހާމަކުރަން އެދި ނޫސްވެރިން ތަކުރارޮށް ސުވާލުކުރުމުންވެސް، އެ އަދަދު ވިދާޅުވާން އޭނާއަށް ވަނީ ނުކުޅެދިފައެވެ.

ސަރުކާރުން ސިޔާސީ މަގާމުތަކަށް ގެންނަމުންދާ ބަދަލުތަކުގެ ދަށުން، އިސް މަގާމުތަކުގައި ތިބި ފަރާތްތައް މަ މަގާމުން ވަކިކުރަމުން އަންނައިރު، މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އտޮތް ތަނުގައި ހާމަކުރާނެ ކަމަށް ބެލެވެއެވެ.