މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މެސީ، އޭނާގެ ޚާއްސަ ސަޕޯޓަރަކަށް ހާއްސަ މެސެޖެއް ފޮނުވައިފިއެވެ.
މިހާރު އުމުރުން 100 އަހަރުވެފައިވާ ހާނަން ނަމަކަށް ކިޔާ މި މީހާ އަށް މެސީގެ ހާއްސަ މެސެއްޖެއް ފޮނުވާފައިވަނީ، މެސީ އޭނާގެ ކުލަބު ބާސެލޯނާ ދޫކޮށްލުމަށް ނިންމުމަށް ފަހުގައެވެ. ހާނަން އަކީ މެސީ ބާސެލޯނާއަށް ދިޔަފަހުން މެސީ ޖަހާ ކޮންމެ ގޯލެއް، އޭނާ ގެންގުޅޭ ފޮތެއްގައި ލިޔަމުން އަންނަ މީހެކެވެ. މިހާތަނަށް ބާސެލޯނާއަށް މެސީ ޖަހައިދިން ހުރިހާ ގޯލަކާއި އެ ގޯލުތަކުގެ ތަފްސީލު އެ ފޮތުގައި އޭނާ ލިޔެފައި އެބަހުއްޓެވެ.
ވީޑިއޯ މެދުވެރިކޮށް މެސީ ފޮނުވި މި މެސެޖުގައި މެސީ ވަނީ އޭނާއަށް ވަރަށްބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި ބާސެލޯނާއިން ވަކިވެގެން ދިޔަޔަސް އޭނާ މަތިން ހަނދުމަވާނޭ ކަމަށްވެސް އެ މެސެޖުގައި ވަނީ ބުނެފައެވެ.
ހާނަންގެ ކާފަދަރިއަކު ބުނި ގޮތުގައި އޭނާގެ ކާފައަށް މެސީގެ ފަރާތުން އެކަހަލަ މެސެޖެއް އައިސްފާނެކަމަކަށް އުންމީދު ނުކުރާ ކަމަށާއި ނަމަވެސް އެ މެސެޖު އައުމުން ކާފަ ވަނީ އުފަލުން ރޮވިފައިކަމަށެވެ. އަދި އާއިލާ އެންމެންވެސް ތިބީ ވަރަށް އުފަލުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
މަޝްހޫރު ފުޓުބޯޅަ ތަރި ބާސެލޯނާ ދޫކޮށްލަން ނިންމި ނިންމުމަކީ ގިނަބަޔަކު އެކަމާ ދެރަވި ކަމެކެވެ. މި ދިޔަ ދުވަސްތަކުގައި މުޅި މީސްމީޑިޔާގައި ދަައުރުވަމުން ދިޔައީ އެކަމުގެ ހިތާމަައިގެ ޕޯސްޓުތަކެވެ.
