ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރަންސްގެ ސޯޝަލް މީޑިއާ ފޮލޯވަރުންނަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ހޯދުމުގެ ފުރުސަތު ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ. "މިޝަން ޕީއެސް5" ގެ ނަމުގައި ކުރިއަށްގެންދާ މި ކެމްޕޭނަކީ އެ ކުންފުނީގެ އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ކެމްޕޭނުގައި ބައިވެރިވުމުގެ ފުރުސަތު 30 އޮކްޓޫބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ގިވްއަވޭގައި ބައިވެރިވުމަށްޓަކައި އެލައިޑް އިންޝުއަރަންސްގެ ރަސްމީ އިންސްޓަގްރާމް ޕޭޖު ފޮލޯކުރުމާއެކު، ކެމްޕޭން ޕޯސްޓަށް ލައިކްދީ، ކޮމެންޓް ސެކްޝަނުގައި ތިން ރައްޓެއްސަކު ޓެގްކުރަން ޖެހޭނެއެވެ.

މީގެ އިތުރުން ގުރުއަތުން ހޮވުމުގެ ފުރުސަތު ބޮޑުކުރުމަށްޓަކައި ހާއްސަ ފުރުސަތެއްވެސް ވަނީ ދީފައެވެ. އެގޮތުން ކެމްޕޭން ޕޯސްޓް އަމިއްލަ އިންސްޓަގްރާމް ސްޓޯރީއަށް ޝެއާކޮށް އެލައިޑްގެ އެކައުންޓު ޓެގްކުރުމުން ކޮންމެ ބައިވެރިއަކަށްވެސް އިތުރު ބޯނަސް އެންޓްރީއެއް ލިބިގެންދާނެ ކަމަށް އެލައިޑުން ބުންޏެވެ.

މި ގިވްއަވޭގެ ނަސީބުވެރި ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ 16 ނޮވެމްބަރު 2026 ގައެވެ. އެލައިޑުން ވަނީ ވީހާވެސް ގިނަ އާންމުން މި ހަރަކާތުގައި ބައިވެރިވެ، އާއިލާއާއި ރައްޓެހިންނާއެކު މި ފުރުސަތުގެ ބޭނުން ހިފައި އަގުހުރި ޕީއެސް5 އެއް އަމިއްލަކުރުމަށް އެދިފައެވެ.

ކެމްޕޭނާ ގުޅޭ އިތުރު ތަފުސީލާއި ޝަރުތުތައް އެލައިޑްގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ޝާއިއުކޮށްފައިވާ "މިޝަން ޕީއެސް5" ޕޯސްޓުން މިހާރު ފެންނަން ހުންނާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.