އުރީދޫގެ 16 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ސެމިލީސް ރެސްޓޯރެންޓާ އެކު އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ތަފާތު ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަންއާ ގުޅޭގޮތުން އުރީދޫއިން ކުރި ޓްވީޓުގައި ވާގޮތުން، މި ޕްރޮމޯޝަންގެ ދަށުން އުރީދޫ ކަސްޓަމަރުން ގްރިލްޑް ޗިކަން އޯޑަރު ކުރެއްވުމުން، ޕިއްޒާ އަދި ފްރޭންކީސް ނުވަތަ، ބާގާ އަދި ފްރޭންކީސް ނުވަތަ ޑަންޕްލިންސް އަދި ފްރޭންކީސް މުޅިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން، ފެމިލީ މީލް އޯޑަރު ކުރެއްވުމުން، މުޅިން ހިލޭ ޕިއްޒާއެއް ލިބިވަޑައިގަންނަވާއިރު، ފްރެންޑްސް ޕްލަސް ފެމިލީ މީލްއެއް އޯޑަރ ކުރެއްވުމުން ޕިއްޒާ އަދި ފްރޭންކީސް މުޅިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.
އަދިވެސް ފާހަގަ ކޮށްލެވޭ ގޮތުގައި، ތަންޑޫރި ފެމިލީ މީލް، ޓިއްކަ ކޮމްބޯ މީލް އަދި ޓިއްކަ ޝެއަރިން މީލް އޯޑަރު ކުރެއްވުމުން ވެސް މުޅިން ހިލޭ ޕިއްޒާ އަދި ފްރޭންކީސް ލިބިވަޑައިގަންނަވާނެއެވެ.
