ދިރާގު މެދުވެރިކޮށް، އެޕަލް ކުންފުނީގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ އައިފޯން 18 ޕްރޯ ސީރީޒްގެ ފޯނުތަކަށް ޕްރީއޯޑަރު ކުރި ކަސްޓަމަރުންނަށް މާދަމާ މެންދުރުފަހުން ފެށިގެން ދިރާގު ހެޑް އޮފީހުން ފޯނު ދޫކުރަން ފަށާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. ދިރާގުން ބުނީ މި ސީރީޒްގެ ފޯނުތައް ދޫކުރަން ފަށާނީ މާދަމާ މެންދުރުފަހު 2:15 އިން ފެށިގެންނެވެ.

އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސް ފޯނުތައް ރާއްޖެއަށް ތައާރަފުކޮށް، ދިރާގުން ޕްރީއޯޑަރަށް ހުޅުވާލީ މި މަހުގެ 18 ވަނަ ދުވަހުގެ ރެއެވެ. މި ފުރުސަތުގައި ގިނަ އަދަދެއްގެ ކަސްޓަމަރުން ވަނީ ފޯނު ހޯދުމަށް އޯޑަރު ދީފައެވެ.

އައިފޯން 18 ޕްރޯ ސީރީޒްގައި ކަޅު، ސިލްވަ، ގްލޭސިއާ އަދި މުޅިން އާ ކުލައެއް ކަމަށްވާ ބާގަންޑީ ހިމެނެއެވެ. މި ހުރިހާ ކުލަތަކެއްގެ ފޯނުތައް ވެސް ދިރާގު މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ފުރަތަމަ ބުރުގެ ޕްރީއޯޑަރުގެ ފޯނުތައް ދޫކުރަން ފަށާއިރު، އައިފޯން 18 ޕްރޯ ސީރީޒްގެ ފޯނުތަކަށް އަލުން ޕްރީއޯޑަރު ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ދިރާގުން ބުނެއެވެ. އެހެންކަމުން ފުރަތަމަ ބުރުން ފުރުސަތު ނުލިބުނު ފަރާތްތަކަށް އަނެއްކާވެސް ފޯނު ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.

ދިރާގަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ދުނިޔޭގެ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، ޑިޖިޓަލް ދިރިއުޅުން ކުރިއެރުވުމަށް އެންމެ އިސް ދައުރެއް އަދާކުރަމުން އަންނަ ޓެލެކޮމިއުނިކޭޝަން ކުންފުންޏެވެ.