ޗައިނާގެ ހެފެއި އިންސްޓިޓިއުޓްސް އޮފް ފިޒިކަލް ސައިންސްގެ ސައިންސްވެރިން ކުރި އާދާޔާޚިލާފު ދިރާސާއަކުން ދައްކާގޮތުގައި، ދަގަތާފާނުގެ އަސަރު އެކުލެވޭ މައިކްރޯސްކޯޕިކް ބެކްޓީރިއާއެއް "ސީ. އެލިގަންސް" ފަނިތަކަކަށް ފޮނުވުމުން އިންސާނާގެ އުމުރު %43 އަށްވުރެ ދިގުވެގެންގޮސްފައެވެ. މި ހޯދުމަކީ އިންސާނުންގެ އުމުރު ދިގުކުރުމަށާއި، އުމުރުން ދުވަސްވުމުން ދިމާވާ ސިއްހީ މައްސަލަތަކަށް ހައްލު ހޯދުމަށް ސައިންސްވެރިން ކުރަމުންދާ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި ދިރާސާގައި ބޭނުންކޮށްފައިވަނީ "މެގްނެޓޯސްޕައިރިލަމް މެގްނެޓިކަމް އެމް.ބީ-1" ކިޔާ ބެކްޓީރިއާއެކެވެ. ސައިންސްވެރިން ފާހަގަކުރި ގޮތުގައި މި ބެކްޓީރިއާގެ ސަބަބުން ފަނިތަކުގެ އުމުރު ދިގުވުމުގެ އިތުރުން، އުމުރުން ދުވަސްވަމުންދިޔައިރު އޭގެ ނާރުތަކުގެ ނިޒާމާއި ހިތުގެ ސިއްހަތު ވަރަށް ރަނގަޅަށް ރައްކާތެރިކޮށްދީފައިވެއެވެ. މިއީ ހަމައެކަނި ދިރިއުޅޭ މުއްދަތު ދިގުވުމެއް ނޫނެވެ. އޭގެ ބަދަލުގައި ސިއްހަތު ރަނގަޅު ގޮތެއްގައި އުމުރު ދިގުވުމަށް އެހީތެރިވެދިން ކަމެކެވެ.

މި ބެކްޓީރިއާއިން މިފަދަ ބޮޑު އެހީތެރިކަމެއް ލިބެނީ "ފެރޯޕްޓޯސިސް" ކިޔާ ސެލްތައް މަރުވުމުގެ ނުރައްކާތެރި މަރުހަލާއެއް ހުއްޓުވައިދޭތީއެވެ. ފެރޯޕްޓޯސިސްއަކީ ހަށިގަނޑުގައި ދަގަނޑުގެ ބައި ގިނަވެ، އޮކްސިޑޭޓިވް ސްޓްރެސްގެ ސަބަބުން ސެލްތަކަށް ގެއްލުންވެ މަރުވާ މަރުހަލާއެކެވެ. މެގްނެޓިކް ބެކްޓީރިއާގެ ސަބަބުން ހަށިގަނޑުގައި ދަގަނޑުގެ ބައި އިތުރުވިޔަނުދީ ހިފަހައްޓައިދީ، ސެލްތައް ހަލާކުވުމުން ރައްކާތެރިކޮށްދެއެވެ.

މި ދިރާސާއަކީ އަދި ކުޑަ ފަންގަނޑެއްގެ މައްޗަށް ކުރެވުނު ދިރާސާއެއް ކަމަކަށް ވީނަމަވެސް، މިއީ ސައިންސްވެރިންނަށް ހުޅުވިގެންދިޔަ ނުހަނު އުއްމީދީ ދޮރެކެވެ. މައިކްރޯބަޔޮލޮޖީއާއި ދަގަތާފާނުގެ ބާރު ބޭނުންކޮށްގެން އިންސާނުންގެ އުމުރުން ދުވަސްވުމުން ދިމާވާ ސިއްހީ މައްސަލަތަކާއި، ނާރުތަކުގެ ބަލިތަކަށް އާ ފަރުވާތަކެއް ހޯދުމުގެ މަގު މި ދިރާސާގެ ސަބަބުން ކޮށިގެންދާނެކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.