ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ނުރަސްމީ ދަތުރުފުޅެއްގައި ރޭގެ ވަގުތެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. .

މި ދަތުރުފުޅާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް މި ދަތުރުފުޅުގެ އެއްވެސް އިތުރު ތަފްސީލެއް އެ އޮފީހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ވެސް އެމަނިކުފާނު ވަނީ ނުރަސްމީ ދަތުރުފުޅުތަކެއްގައި މީގެ ކުރިން ވެސް ސިންގަޕޫރަށް ވަޑައިގެންފައެވެ.

އެގޮތުން ރައީސް މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެންމެ ފަހުން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވީ މިދިޔަ މެއި މަހުގެ 24 އިން 30 އަށެވެ.

މިފަހަރުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ސީދާ ތާރީހެއް އަދި ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.