ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އިންޑިއާގެ އިންފްލުއެންސަރު ނިދީ ތިވާރީ އުމުރުން 30 އަހަރުގައި އަމިއްލައަށް މަރުވެއްޖެއެވެ. އޭނާ މަރުވެފައިވަނީ އިންޑިއާގެ މަދިޔަ ޕްރަދޭޝްގައި ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
އިންސްޓަގްރާމްގައި 1.6 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި ނިދީގެ މި ކުއްލި ވަކިވުމާ ގުޅިގެން ފުލުހުން މިހާރު ވަނީ އޭނާ މަރުވާން މެދުވެރިވި ސަބަބު ހޯދުމަށް ފުޅާ ދާއިރާއެއްގައި ތަހުގީގެއް ފަށާފައެވެ. އަދި މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލައި، ހެކި ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ނިދީ އަކީ ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ ބައެއްގެ ސަމާލުކަން ހޯދާފައިވާ، އާންމުންގެ މެދުގައި މަގުބޫލު މޫނެކެވެ. އޭނާގެ މި ކުއްލި މަރާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާގެ ގިނަ އަދަދެއްގެ ފޭނުންނާއި ސަޕޯޓަރުން އަންނަނީ ފުން ހިތާމަ ފާޅުކޮށް، އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް ފުލުހުން އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މައްސަލައިގެ ތަހުގީގު ވަރަށް ގާތުން ކުރިއަށް ގެންދާ ކަމަށް މަދިޔަ ޕްރަދޭޝްގެ ފުލުހުން ވަނީ ބުނެފައެވެ.
