ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ ތަހުގީގުގައި ސީ.ބީ.އައި އިން އެންމެ ފުރަތަމަ ސުވާލުކުރީ ސުޝާންތު މަރުވި އިރު އެގޭގައި ތިބި ކަމަށްބުނާ އޭނާގެ މުވައްޒަފުންކަމަށްވާ ސިއްދާތު ޕިޓާނީ، ދިޕޭޝް ސާވަންތު އަދި ނީރަޖް އާއެވެ. ސުޝާންތުގެ ގެއަށް މި ތިން މީހުން ގެންގޮސް ސުޝާންތު މަރުވި ދުވަހު ކަންތައް ވީގޮތް ކިޔާދޭން ބުނުމުން މި 3 މީހުންގެ ބަޔާނުގައި ފުށުއަރާ 8 ކަމެއް ފާހަގަ ވިއެވެ. މި 8 ކަމަކީ ސުޝާންތުގެ ކޮޓަރީގެ ދޮރު ހުޅުވުމަށް މީހަކު ގެނައުމާއި، ތަޅު ހަލާކުކޮށްލައިގެން އެކޮޓަރިއަށް ވަދެ ސުޝާންތުގެ ހަށިގަނޑު އެލިފައިހުރި ވާގަނޑުން ކަނޑާލައިގެން އެދުމައްޗަށް ތިރިކުރި ކަމަށް ބުނާ ވަގުތާއި ދެމެދު ހިނގި ކަންކަމެވެ. މިކަމަށް ހޭދަވެފައި ވަނީ 16-20 މިނެޓާއި ދެމެދުގެ ވަގުތެކެވެ.

މި 3 މީހުންގެ ބަޔާނުގައި ފުށުއެރުން އުޅޭތީ ސީ.ބީ.އައި ގެ ފަރާތުން ޖެހިޖެހިގެން 3 ދުވަހު މި މީހުން އެ ގެއަށް ގެންގޮސްގެން ސުވާލު ކުރެވުނެވެ. އަދި ޖުމްލަ 6 ދުވަހު ވިދިވިދިގެން ސުވަލު ކުރެވުނެވެ. ސީ.ބީ.އައި ގެ ހަރުކަށި ސުވާލުތައް ތަކުރާރުވުން ދިގުލައިގެން ގޮސް އެންމެ ފަހުން މި ތިން މީހުން އެއް ކަމަކަށް އިޢުތިރާފް ވެއްޖެއެވެ. އެއީ 8 ޖޫން ވީ ދުވަހު އެގެއަށް ޕްރޮފެޝަނަލް އައި.ޓީ ޓީމެއްގެ މީހުންގެ އައި ކަމުގެ ވާހަކައެވެ.

ތިން މީހުން ސީ.ބީ.އައި އަށް ކިޔާދިން ގޮތުގައި 8 ވަނަ ދުވަހު މި ޓީމް އައިސް ސުޝާންތު ގެންގުޅޭ 8 ހަރޑް ޑިސްކެއްގައި ހުރި މައުލޫމާތުތަކެއް އޭނާގެ ނުރުހުމުގައި ވަނީ ފޮހެލާފައެވެ. އެކަން ނުކުރުމަށް ތަކުރާރު ކޮށް ސުޝާންތު އާދޭސް ކުރަމުން ދަނިކޮށް، ސުޝާންތު މުސާރަ ދީގެން ގެންގުޅޭ މި 3 މުވައްޒަފުންނާއި އައި.ޓީ ޓީމުން ވަނީ މީގައި ހުރި މައުލޫމާތުތަކެއް ފޮހެލާފައެވެ.  ޕްރޮފެޝަންލް ބަޔަކު ގެނެސްގެން މިހެން މައުލޫމާތުތަކެއް ފޮހެލުމުން ބެލެވެނީ މިއީ ވަރަށް މުހިންމު އަދި އާންމުންނާއި ހަމައަށް އައިސްފިނަމަ ގިނަބަޔަކަށް ހާސްކަން ގެނުވާނެ މައުލޫމާތު ތަކެއް ކަމަށެވެ.

8 ޖޫން އަކީ ސުޝާންތުގެ ގެއިން ވަރަށް ކުއްލި ގޮތަކަށް ރިޔާ ނިކުމެގެން ދިޔަ ދުވަހެވެ. އަދި ސުޝާންތުގެ މެނޭޖަރު ދިޝާ ސާލިއަން ވަރަށް ޝައްކު ކުރެވޭ ގޮތަކަށް މަރުވި ދުވަސްމެއެވެ.