އިންޑިޔާގައި އުމުރުން 13 އަހަރުގެ ފިރިހެެން ކުއްޖަކު އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެއެވެ. މިހާދިސާ ހިނގާފައިވަނީ އިންޑިޔާގެ މަދްޔާ ޕްރަދޭޝްގައެވެ.

އިންޑިޔާގެ ރިޕޯޓުތައް ބުނާގޮތުން އެ ކުއްޖާ ދަންޖެހިފަވަނީ އެ ކުއްޖާ ކުޅެމުން ދިޔަ ގޭމެއްގެ ސަބަބުންނެވެ. އެ އީ އޮންލައިންކޮށް ކުޅޭ ގޭމެއް ކަމަށާއި އެގޭމަށް ފައިސާ ހަރަދު ކުރަން ޖެހޭކަމަށެވެ. އަދި އޭނާގެ މަންމަގެ ބޭންކު މައުލޫމާތުތައް އޭނާ އެ ގޭމާއި ހިއްސާކޮށް އޭނާގެ މަންމަގެ އެކައުންޓުން ފައިސާ ހޭދަކުރަމުން ދިޔައެވެ.

އެ ކުއްޖާ ދަންޖެހިފައި ހުރިކަން އިނގުނީ ހަބަރެއް ނުވެ ގިނަ އިރުތަކެއްވީފަހުން، އެ ކުއްޖާ އުޅޭ ކޮޓަރީގެ ދޮރު ހަލާކުކޮށްލުމަށްފަހު އެކޮޓަރިއަށް ވަނުމުންނެވެ. އަދި އޭނާ މަރުވުމުގެ ކުރިން ކަރުދާސްކޮޅެއްގައި ސަބަބު ވަނީ ބަޔާންކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ކަރުދާސްކޮޅުގައި ވަނީ އެ ކުއްޖާގެ މަންމަގެ އެކައުންޓު މަންމަ އަށް ނޭނގި ބޭނުން ކުރި ކަމަށާއި އަދި އެ ގޭމު ކުޅެމުން ދަނިކޮށް 40000 ރުޕީސް އޭނާގެ މަންމަގެ އެކައުންޓުން ކަނޑާލި ކަމަށެވެ. އެއީ އޭނާ އެ ގޭމުން ބަލި ވުމުން ކަމަށްވެސް ލިޔެފައި ވެއެވެ. އެހެންނަމަވެސް ގޭމުން ބަލި ވުމާއި ދަންޖެހުމާ ހުރި ސީދާ ގުޅުމެއް އެ ކަރުދާސްކޮޅަކުން ފެންނާކަަށް ނެތެވެ. އަދި އެ ގޭމު ވަނީ ފޯނުން ޑިލިޓުވެސް ކޮށްލާފައެވެ. އެހެން ނަމަވެސް އެއީ ކޮން ގޭމެއްކަން ފުލުހުން ވަނީ ހޯދާފައެވެ. ރިޕޯޓުތައް ބުނާގޮތުން އެ ގޭމަށް ކިޔަނީ "ފްރީ ފަޔާރ" އެވެ.

އެކުއްޖާގެ މަންމަގެ ބޭންކު ޓްރާންސެކްޝަންތައް ބެލި ބެލުމުން އެ ކުއްޖާ ލިޔެފައިވާ މުއާމަލާތެއް ވަނީ ހިނގާފައެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރައް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އޮންލައިން ގޭމް ކުޅުމާއި އެފަދަ އެހެން ކަހަލަ ސައިބާ ބުލީ ފަދަ ކަންކަމަކީ ކުޑަކުދިން އަތަށް ފޯނު ދެވޭއިރު ސަމާލު ވާންޖެހޭނޭ ކަންކަމެވެ. އަދި އެކުދިން ފޯނުގެ ބޭނުން ކުރަނީ ކިހިނަކުންތޯވެސް މައިންބަފައިން ބަލަން ވާނެއެވެ.