ވިލިމާލެއާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގައިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 16:50 އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އެކްސިޑެންޓްވި ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއަކަށެވެ. ނަމަވެސް އެ މީހުންނަށް ސީރިއަސް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި އެކްސިޑެންޓާ ގުޅިގެން ލޯންޗަށާއި ދޯންޏަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.