ދިވެހި ފުލުހުން ވިލިމާލޭގައި ހިންގި އެންޓި ނާކޮޓިކްސް ހާއްސަ އޮޕަރޭޝަނެއްގައި، ދިވެހި ހަތަރު ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ ތެރޭގައި ރާއްޖޭގެ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ތިން މީހަކު ހިމެނޭ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެ މީހުންގެ ވަނަވަރު އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި އެ ހަތަރު މީހުން ހައްޔަރުކުރުމަށްފަހު، އެ މީހުން ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. މި މައްސަލައިގައި އިތުރު ތަފުސީލު ފަހުން ހާމަކުރާނެ ކަމަށް ބެލެވެއެވެ.
