ޕާކިސްތާނުގެ ރައީސް މުހައްމަދު ޝެހްބާޒުގެ ދައުވަތަކަށް އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު އެ ގައުމަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖެ އާއި ޕާކިސްތާނާ ދެމެދު މަތީ ފަންތީގެ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ އޮފީހުން އިތުރަށް ބުނީ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ދެ ގައުމުގެ ދެމެދު ބާއްވާ އެންމެ މަތީ ފަންތީގެ ފުރަތަމަ ބައްދަލުވުމެވެ.

މީގެއިތުރުން، މިއީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް ކުރައްވާ ހާއްސަ